އިއްޔެގެ ނިޔަލަށް 82 މީހަކު ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެއްޖެ

15 މާރިޗު 2017 0

އޭޑީކޭގައި ހުޅުވާފައިވާ ފުލޫ ކުލިނިކް. ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

އިއްޔެގެ ނިޔަލަށް 82 މީހަކު ސްވައިން ފްލޫއަށް އޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތުޕުރޮޓެކްޝަން އެޖެންސީން އާންމުކުރި މައުލޫމާތުތަކުން ދައްކައިފި އެވެ.

މީގެ ގަޑިއެއްހާއިރު ކުރިން އެޗްޕީއޭއިން އާއްމުކުރި މައުލޫމާތު ދައްކާގޮތުން އިއްޔެއާ ހަމައަށް 279 މީހަކު ވަނީ ސްވައިން ފްލޫއަށް ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 82 މީހުން ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައިވާ ވާއިރު އެއީ އެ ބައްޔަށް ޓެސްޓުކުރި މީހުންގެ 29 ޕަސެންޓެވެ.

އެ މައުލޫމާތުތައް ދައްކާގޮތުން ހުން ޖެހިގެން އިއްޔެ 473 މީހުން އައިޖީއެމްއެޗަށް ދައްކާފައިވާއިރު އޭގެތެރެއިން ހަތަރު މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އޭޑީކޭ އަށް 118 މީހުން ދެއްކިއިރު ހުޅުމާލޭއަށް ހުންޖެހިގެން ދައްކާފައިވަނީ 162 މީހުންނެވެ. ވިލިމާލެ އަށް ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު އުޅެނީ 145ގަ އެވެ.

އެ މައުލޫމާތުތައް ދައްކާގޮތުން އަތޮޅުތަކުން 1416 މީހަކު ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާފައި ވާއިރު އޭގެތެރިން 27 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. ރޯގާ ޖެހިގެން އިއްޔެ އެންމެ ގިނައިން މީހުން ދައްކާފައި ވަނީ ރ އަތޮޅުންނެވެ. އެއަތޮޅުގެ ރަށްތަކުން އިއްޔެ ވަނީ ރޯގާ ޖެހިގެން 157 މީހަކު ޑޮކްޓަރަށް ދައްކައިފައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ