ކެމްޕޭން ޙަރަކާތްތަކުގައި ސްކޫލް ކުދިން ބައިވެރިކުރުން ހުއްޓާލުމަށް ގޮވާލައިފި

13 މާރިޗު 2017 1
އިހަވަންދޫގައި ޕީޕީއެމްގެ އޮފީސް ހުޅުވަން މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސްކޫލު ދަރިވަރެއް ބައިވެރިވަނީ.-- ފޮޓޯ: ޕީއެސްއެމް

ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ސިޔާސީ ހަރަކާތްތަކުގައި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިކުރުވަމުން ދާތީ ޕީޕީއެމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު ހއ. އިހަވަންދޫގައި ޕީޕީއެމްގެ ޢަބްދުﷲ ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން ސްކޫލް ޔުނީފޯމުގައި ބައިވެރިކޮށްފައިވާތީ އެކަމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނުގައި ވަނީ ސްކޫލްތަކުގައި ތަޢުލީމު ޙާސިލްކުރާ ކުދިން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިކުރުވުމަކީ އެޑިޔުކޭޝަން މިނިސްޓްރީން މަނާކޮށްފައިވާ ކަމެއް ކަމުގައިވާއިރު، ފާޅުކަންބޮޑު ގޮތުގައި މިފަދަ ޤާނޫނާ ޤަވާއިދާ ޚިލާފް ކަންކަން ކުރުވުމަށް ޢަބްދުﷲ ޔާމީނާއި ފާތުމަތު އިބްރާހީމް ހިތްވަރު ދެމުން އަންނަކަމީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. އަދި މިއީ ދައުލަތުގެ ބާރުތަކާއި ވުޒާރާތަކަށް ނުފޫޒު ފޯރުވައި ދައުލަތުގެ މުވައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސްކޫލްތަކާއި ދަރިވަރުން ސިޔާސީކުރަމުން އަންނަކަމުގެއް ހެއްކެއް ކަމަށެވެ.

އެމްޑިޕީން ބުނީ މި ޙަފްލާއަކީ ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޙަފްލާއަކަށް ނުވިނަމަވެސް ޕީޕީއެމްގެ މި ސިޔާސީ ޙަރަކާތް ޓީވީއެމް އިން ވަނީ ވަގުތުން ގެނެސްދީފައިވާ ކަމަށާއި ދައުލަތުގެ މީޑިޔާއިން އެހެން ސިޔާސީ ޕާޓީތަކަށް މި ފުރުޞަތު ނުދޭއިރު، މިކަން މިގޮތަށް ކުރުމަކީ ކަނޑައެޅިގެން ތަފާތުކުރުންކަމަށެވެ. އެހެންކަމުން މިއީ ދައުލަތުގެ މުދަލާއި ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލެއްކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

"ސްކޫލުތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންނާއި ކުޑަކުދިން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވެސް މަނާކަމެއް ކަމުގައިވާތީ ވެރިކަން ކުރާ ޕީޕީއެމްގެ އަބްދުﷲ ޔާމީން ފެކްޝަނަށް އެކަން އަންގައި ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ގޮވާލަމެވެ. އަދި ދައުލަތުގެ މުުދާ ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާއިރު އެކަން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެދެމެވެ. އަދި މިހާރުން މިހާރަށް މިފަދަ ނާތަހުޒީބީ ކަންކަން ކުރުން ހުއްޓާލުމަށް ޕީޕީއެމްގެ އަބްދުﷲ ޔާމީން ފެކްޝަނަށް ގޮވާލަމެވެ،" އެމްޑީޕީ ބަޔާނުގައި ބުނެފައި ވެއެވެ. 

ލޯކަލް ކައުންސިލް އިންތިހާބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އާދެ ޕީޕީއެމް ޔާމީން ފެކްޝަނެއް ކަމަކު ގާނޫނާއި ހިލާފުވެފަ މިޔޮތީ. ދެން ޕިންކީމެން ކުރަމުން އެދާ އެހެނިހެން ކަންކަމުގެ އަހުލާގާއި ކިޔަމަންތެރިކަން ހުރީ ކިހިނެއްކަން މަމެން ރަންރީދޫ ކުދިން ބުނަން ނެތީމު.

– 13 މާރިޗު 2017 0