ރަޝިއާގެ އަސްކަރީ ބޯޓެއް ވެއްޓިއްޖެ

25 ޑިސެމްބަރު 2016 0

ރަޝިއާ އަސްކަރިއްޔާގެ ޓީޔޫ 154 މަރުކާގެ މަތިންދާ ބޯޓެއް. މިއަދު ބުލެކުސީ އަށް ވެއްޓިފައި ވަނީ މިކަހަލަ ބޯޓެއް. ފޮޓޯ: އަލްޖަޒީރާ

 

 91  މީހުންނާއިއެކު ރަޝިއާގެ ރިސޯރޓެއް ކަމަށްވާ ސޯޗީގެ އެއާޕޯޓުން ސީރިއާއަށް ފުރި ރަޝިއާ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ އެވެ.

ރަޝިއާގެ ޑިފެންސް މިނސްޓްރީއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯރޓުކޮށްފައިވާ ގޮތުގައި ރަޝިއާ އަސްކަރިއްޔާގެ ޓީޔޫ 154 މަރުކާގެ މަތިންދާ ބޯޓު ވެއްޓިފައި ވަނީ ބުލެކްސީ އަށެވެ.

ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ޓީޔޫ-154 މަރުކާގެ މަތިންދާ ބޯޓު ގެއްލުނީ ފުރިތާ 20 މިނިޓް ފަހުން ކަމަށެވެ. ޑިފެންސް މިނިސްޓްރީން ބުނީ ބޯޓުގައި ތިބީ ސިފައިންގެ މިއުޒިކް ބޭންޑެއްގެ މެންބަރުންނާއި ނޫސްވެރިން ކަމަށެވެ. ބޯޓު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ސީރިއާގެ ލަޓަކިއާ ޕްރޮވިންސަށެވެ.

އަލްޖަޒީރާއިން ބުނި ގޮތުގައި ރެސްކިއު ޓީމުތަކުން ވަނީ ބޯޓުގެ ބައިތައް ބްލެކް ސީން ހޯދައިފަ އެވެ. ބޯޓުގެ ބައިތައް ފެނިފައި ވަނީ  ސޯޗީގެ ގޮނޑުދޮށާ 1.5 ކިލޯމީޓަރު ބޭރުން 50-70 މީޓަރާއި ދެމެދުގެ ފުންމިން ހުރި ހިސާބަނުން ނެވެ. ފްލައިޓް ވެއްޓުނު ސަރަހައްދު ކަނޑުމަތިން ފްލައިޓުން ދަތުރުކުރި މީހުންގެ އެއްޗެހި ފެންނަމުން ދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވި ކަމަކަށް ނުބެލެވޭ ކަމަށެ މީޑިއާތަކުން ވަނީ ރިޕޯރޓު ކޮށްފައެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ