މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާ މެމްބަރުންތެރޭ މިފަހަރުވެސް މެމްބަރު މުޙައްމަދު ޢަބުދުﷲ ހިމެނިއްޖެ

4 ޑިސެމްބަރު 2016 0

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތަކަށް އެއްވެސް ސަބަބެއް އެންގުމަކާނުލައި ޖަލްސާތަކަށް ވަޑައިނުގަންނަވާ 26 މެމްބަރުން ތިއްބެވިއިރު އިހަވަންދޫ ދާއިރާގެ އިތްޒަތްތެރި މެމްބަރު މުޙައްމަދު ޢަބުދުﷲ، ގެ ނަންފުޅު، މިފަހަރުވެސް އެލިސްޓުގައި ހިމެނިފައިވާކަން މަޖިލީހުން އާންމުކުރި ހާޒިރީ ރެކޯޑުން ދައްކައިފިއެވެ.

އެއްވެސް ސަބަބެއް އެންގުމަކާނުލައި ޖަލްސާތަކަށް ވަޑައިނުގަންނަވާނަމަ މަޖިލީހުން ބައްލަވަނީ އެއީ އެދުވަހުގެ ޖަލްސާއަށް ވަޑައިނުގަންނަވާ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް މިގޮތަށް ޖަލްސާއަށް ވަޑައިނުގެންނަމަވެސް މެމްބަރުންގެ އެލަވަންސްތަކުން އެއްވެސް މިންވަރެއް އުނި ނުކުރާކަންވެސް ފާހަގަ ކުރެވެއެވެ.

 18 ވަނަ ރައްޔިތުން މަޖިލީހުގެ 2016 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތަކުން އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަބްދުﷲ ވަޑައިގެންނެވީ 68.7 އިންސައްތަ ޖަލްސާއަށެވެ.

 

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ހާޒިރީ ރެކޯޑުން ދައްކާގޮތުގައި 18 ވަނަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި ބާއްވާފައިވަނީ ޖުމުލަ 16 ޖަލްސާއެވެ. އޭގެތެރެއިން އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަބްދުﷲ ހާޒިރުވެފައިވަނީ 11 ޖަލްސާއަށެވެ. އެބޭފުޅާ ހާޒިރުނުވާ 5 ޖަލްސާއަކީ އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ވަޑައިނުގަންނަވާ ފަސް ޖަލްސާ ކަން ފާހަގަ ކުރެވެއެވެ.

 

 ހާޒިރީ ރިޕޯޓުން ދައްކާގޮތުން މި ދައުރުގައި ބޭއްވި ހުރިހާ ޖަލްސާއަކަށް 15 މެމްބަރުން ވަނީ ވަޑައިގެންފައެވެ. ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި ޕީޕީއެމް މެމްބަރުންނަކީ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ އަބްދުﷲ މަސީހާއި މާފަންނު އުތުރު ދާއިރާގެ އަބްދުﷲ ރިފާއު އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި މިލަންދޫ ދާއިރާގެ ހަސަން މުފީދާއި ހޮޅުދޫ ދާއިރާގެ އަލީ މުހައްމަދާއި އުނގޫފާރު ދާއިރާގެ ޖައުފަރު ދާއޫދާއި ދުވާފަރު ދާއިރާގެ މުހައްމަދު އަލީ އާއި ކ. ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ އާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ ހުސެއިން މަނިކު ދޮންމަނިކާއި ގެމަނަފުށީ ދާއިރާގެ ޖަމީލް އުސްމާނާއި ގައްދޫ ދާއިރާގެ އަހުމަދު ރަޝީދު އަދި ފޭދޫ ދާއިރާގެ އިބްރާހިމް ދީދީ އެވެ. ދެން ހުރިހާ ޖަލްސާ އަކަށް ވަޑައިގެންނެވި ބޭފުޅުން ނަކީ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ އާއި މިހާރު ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ އަދި މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ.

 އަދި މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގެންނެވި މެމްބަރަކީ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެވެ. އެބޭފުޅާ ވަޑައިގެންނެވީ އެންމެ 2 ޖަލްސާ އަށެވެ.

މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ