[HEADER BANNER]
[AD]

މުހައްމާ ކަޕް އިމަގު ވޮލީމުބާރާތް ކުޅިމަގު ވޮލީޓީމު ކާމިޔާބު ކޮށްފި

28 ނޮވެމްބަރު 2016 2

އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ އާއި ގުޅިގެން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ އިން ) ކުރިއަށްގެންދިޔަ މުހައްމާ ކަޕް ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅިމަގު ވޮލީޓީމު ހޯދައިފިއެވެ.

ކުޅިމަގު ވޮލީޓީމު، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ހޯރަފުށީ ޔޫތު ޑިވޮލޮޕްމަންޓް ސޮސައިޓީ (ހައިޑްސް) އާއި ބައްދަލުކޮށް 3 ސެޓު 1 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ކުޅިމަގު ވޮލީޓީމުން ކާމިޔާބު ކުރީ 25 -21 އިން ނެވެ. ދެވަނަ ސެޓު ހައިޑްސް އިން 25 -22 އިން ގެންދިޔަ ނަމަވެސް ތިންވަނަ ސެޓާއި 4 ވަނަ ސެޓު ބޮޑު ތަފާތަކުން ކުޅިމަގު ވޮލީޓީމު ކާމިޔާބު ކޮށްފައި ވަނީ 25 – 14 އަދި 25 – 16 އިން ނެވެ.

ރޭގެ މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތައް ހޯދި ކުޅުންތެރިންނަށް އިނާމު ދިނުން އޮތެވެ. ރޭގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ  އެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ކުޅިމަގު ވޮލީޓީމުގެ ޖ.5 އަލީ ނިޒާމު ހޮވުނު އިރު މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހައިޑްސްގެ ޖ.9 ހުސެއިން ރައްޒާން އެވެ. ބަޔަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅުނު ކުޅުންތެރިޔަކަށް ހޮވުނީ ކުޅިމަގު ޓީމުގެ ޖ.8 ޗަނާރު މަޑުސަންކާ އެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ކުޅިމަގު ޓީމުގެ ކޯޗު، މަހަމޫދު ޢަލީ އެވެ.

[BOTTOM CONTENT BANNER]
މުހައްމާކަޕް 2016, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހޯރަފުށި ކަލޭމެން އަންނައްޗޭ ދެން އޮންނަ މުބާރާތަކަށް ވެސް. ކަލޭމެން އައިމަ އަސްލުފޯރި ހިފަނީ. މައްސަލައަކީ އެއުޅޭ ބަސްނާހާ ކުދިންކޮޅު އެކުދިން މައިތިރި ކުރާނެ ބޭހެއް ނެތްދޯ ތިމީހުން އަތުގަ ވެސް؟ މިހެން ބުންޏަސް އެނގޭ ބަސް އަހާ ސަޕޯޓަރުންކަން ގިނައީ

– 28 ނޮވެމްބަރު 2016 0

ދެފަރާތުގަވެސް ބަސްނާހާ ކުދިން އުޅޭ ސަޕޯޓަރުންގެ ތެރޭގައި․․! ސަޕޯޓަރުން ހަމަޖެހޭނީ ކުޅުންތެރިންގެ ޑިސްޕްލިން ހިފަހައްޓައިގެން! ބޮޑެތި މުބާރާތްތަކުގެ އުފާފާޅުކުރުމުގެ ގޮތުންވިޔަސް އިދިކޮޅު ސަޕޯޓަރުންނާ ދިމާލަށް، ރަނގަޅު އަދި ގޮސް އެއްވެސް އެއްޗެއް ބުނެ އެއްވެސް އިޝާރާތެއް ދެއްކުމަކީ ބޮޑެތި އަދަބު އަންނަ ކަންތައް․․! މިކަމަށް އިންތިޒާމް ކުރާ ފަރާތްތަކުން ވިސްނާލުން ރަނގަޅު! މެޗު ނިމުމަަށް ފަހު އެއްވެސް ފަރާތަކުން ހަމަނުޖެހުން ހިންގުމަކީ ބަލައިގަންނަ ކަންތައްތަކެއް ނޫން!

– 29 ނޮވެމްބަރު 2016 0