އެވިޑް ކޮލެޖުގެ ޕްރީ ކޮލެޖް އެންހޭސްމަންޓް ޕްރޮގްރާމް މުޅިން ހިލޭ

27 ނޮވެމްބަރު 2016 0

އެވިޑް ކޮލެޖުގެ ފަރާތުން ކުރިއަށްގެންދާ، "ޕްރީ ކޮލެޖް އެންހޭސްމަންޓް ޕްރޮގްރާމް" ގައި މުޅިންހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ޕްރީ ކޮލެޖް އެންހޭސްމެންޓް"ގެ ނަމުގައި އެވިޑު ކޮލެޖުން ކުރިޔަށް ގެންދިއުމަށް ނިއްމާފައިވާ  މި ޕްރޮގްރާމަކީ ކޮލެޖު، ޔުނިވާސިޓީ އަދި ވަޒީފާއަށް ވަނުމުގެ ކުރިން ދަރިވަރުން އެކަމަށް ތައްޔާރުވެ، އަހުލުވެރިކުރުމުގެ ގޮތުން ބާއްވާ ޕުރޮގުރާމެކެވެ. މިޕުރޮގުރާމް އޮންނަނީ ޑިސެމްބަރު ހަތަރަކުން އަށަކަށެވެ. އެވިޑް ކޮލެޖުން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.

އެވިޑް ކޮލެޖުގެ ޕްރީ ކޮލެޖް އެންހޭންސްމެންޓް ޕްރޮގްރާމުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އެކެޑެމިކް ރައިޓިން، ޕާސަނަލިޓީ މެނޭޖްމެންޓް، ސްޓަޑީ ސްކިލްސް، އެޓަޔަރ އަދި އިންޓަވިއު ޓިޕްސް ހިމެނެއެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލަށް ނުކުންނަން ބޭނުންވާ ކުދިންނަށް ޚާއްސަކޮށްގެން އިންޓަވިއުއަށް ތައްޔާރުވާނެ ގޮތްތަކާއި ހެދުން އަޅާނެ ގޮތްތައް ފަދަ ކަންކަން ދަސްކޮށްދެވޭނެ ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ.

ފަސް ދުވަހުގެ މި ޕްރޮގްރާމް ފުރިހަމަ ކުރާ ބއިވެރިންނަށް އެވިޑް ކޮލެޖުން ސެޓްފިކެޓް ދޭ އިރު، ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ގާބިލު، ތަޖުރިބާކާރު ބޭފުޅުން ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ.

"އެވިޑް ކޮލެޖްގެ ބޭނުމަކީ މި ސެޓްފިކެޓް ޙާޞިލްކުރުމަށްފަހު ދަރިވަރުން ވަޒީފާގެ ބާޒާރަށް ކުރިމަތިލުމަށާއި، ދަރިވަރުން ކުރިޔަށްދާން ގަސްތުކުރާ ރޮނގެއް ޚިޔާރުކުރުމަށް ފަސޭހަވުމާއި، ކުރިޔަށް ދިޔުމަށް އިތުރަށް މަގުފަހިވެ ރާއްޖޭގެ ކޮންމެ ކޮލެޖަކުންވެސް ކިޔެވުން ފަސޭހަވެގެންދިއުން،" އެވިޑް ކޮލެޖުން ބުނެއެވެ.

އެވިޑް ކޮލެޖުން މައުލޫމަތު ދޭ ގޮތުގައި، މި ޕްރޮގްރާމުގައި ރެޖިސްޓަރވުމަށް އެވިޑް ކޮލެޖުގެ ހޮޓްލައިން 7803228 އަށް ނަމާއި އައިޑީކާޑު ނަމްބަރު، އަންނަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ކުރިން ފޮނުވަން ޖެހެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ