ރީ-ރެޖިސްޓްރޭޝަންގެ އެންމެ ފަހު ތާރީޚަކީ މާދަމާ

20 ނޮވެމްބަރު 2016 0

ލޯކަލްކައުންސިލް އިންތިހާބު 2014 ގައި އިހަވަންދޫގައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލަނީ. ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ ރީ-ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ މާދަމަ (ނޮވެމްބަރ 21، 2016 ވާ ހޯމަ) އެވެ.

އިލެކްޝަނުން ބުނާ ގޮތުގައި މިކަމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2016 ގެ ޖަދުވަލު 4 ގައިވާ "ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނާއި ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވަވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާ 254،830 މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ގާތްގަނޑަކަށް 70،000 މީހުން ވޯޓުލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރާ ކުރެއެވެ.

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ބާ ޖަމާލުއްދީންގެ ޢިމާރާތުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ އިންތިޚާބީ މަރުކަޒުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ،  ރަށްރަށުގައި ނަމަ އެރަށެއްގައި ޤާއިމުކޮށްފައިވާ ފޯކަލް ޕޮއިންޓަށް ފޯމު ހުށައެޅުމުން ރީ-ރެޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި ރިޒޯޓްތަކާއި، ސިނާޢީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން އެންމެ ކައިރީގައިވާ ރަށެއްގެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް ރީ-ރެޖިސްޓްރީ ކުރެއްވޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންޖެހެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. 

ލޯކަލް ކައުންސިލް އިންތިހާބު, އިލެކްޝަން ކޮމިޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ