ރައީސް ޔާމިންގެ ސަރުކާރުގައި އިހަވަންދޫ އިން މީގެ ކުރިން ނުފެންނަ ތަރައްޤީ އެބަފެނޭ: މުޙައްމަދު ޢަބުދުﷲ

16 ނޮވެމްބަރު 2016 4

ރައީސް ޢަބުދުﷲ ޔާމިންގެ ސަރުކާރު އައި ފަހުން މޮވޭތުވެދިޔަ 3 އަހަރު ދުވަހަށްބަލާއިރު ވޭތުވެދިޔަ މާޒީގައި އެއްވެސް ރައީސެއްގެ ކިބައިން ނުފެންނަ ތަރައްޤީ މިއަދު އައިސްފައިވާ ކަމަށާއި އެކަމަކީ އިހަވަންދޫގެ ހުރިހާ ރައްޔިތުން މިއަދުގެ ސަރުކާރަށް، ރައީސް ޔާމިން އަށް ސެލިއުޓުކުރާ ކަމެއް ކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް މުޙައްމަދު ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

މެމްބަރު މުޙައްމަދު ޢަބުދުﷲ މިހެން ވިދާޅުވީ 2017 ވަނަ އަހަރަށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓަށް މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ފުޅުދައްކަވަމުންނެވެ. މެމްބަރުގެ ވާހަކަ ފުޅުގައި 2017 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ވޭތުވެ ދިޔަ ތާރީޚު ތަކުގައި އިހަވަންދޫ ދާއިރާގެ، އިހަވަންދޫއަށް ބެލިކަމުގައި ވިޔަސް ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަނުވެ ހުރިކަން ފާހަގަ ކުރައްވާ، މެމްބަރު ވިދާޅުވީ " މިއަދު މި ސަރުކާރު އައި ފަހުން ފެނުގެ ނިޒާމު ނިންމިއްޖެ. ނަރުދަމާގެ މަސައްކަތް ދަނީ ކުރިއަށް. ބޭންކުގެ މަސައްކަތް ދަނީ ކުރިއަށް. ތަޢުލީމީ ހާލަތު ރަނގަޅުކުރުމަށް ޓަކައި އިތުރު 3 ބުރީގެ ކްލާސްރޫމެއް ދަނީ ކުރިއަށް. ޟިއްޚީ ދާއިރާ ރަނގަޅު ކުރުމަށް ޓަކައި ޟިއްޚީ މަރުކަޒު ބޮޑުކުރެވިއްޖެ. ޒުވާނުންނަށް ކުޅިވަރުކުޅޭނެ ވަސީލަތްތައް، ފުޓްސަލް ދަނޑުތައް ޤާއިމު ކުރެވި ނިމިއްޖެ" ކަމަށެވެ. އަދި މިހާރުވެސް އިހަވަންދޫގައި ގިނަ މަޝްތޫޢުތަކެއް ކުރިއަށްދާކަމަށް މެމްބަރު ވިދާޅުވިއެވެ.

2017 ވަނަ އަހަރުގެ ބަޖެޓުގައިވެސް އިހަވަންދޫއަށް ގިނަ ކަންތައްތަކެއް ހުރި ހިނދު، އިހަވަންދޫގެ ގިނަ ރައްޔިތުން އެދެމުން އަންނަ، ނުވަތަ ހާސިލުކުރަމުން އަންނަ ވަރަށް ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހިމެނިފައި ވާ ކަމަށް މެމްބަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ޒަމާނީ ފެނަވަރުގެ މިސްކިތެއް ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނިފައިވާ ކަމަށާއި އިހަވަންދޫ ބަނދަރުގެ ދަތިކަން ހައްލު ކުރުމަށް ޓަކައި ލަފާފުރުމުގެ ދަތިކަން ހައްލުވެގެން ދާދިއުންވެސް ވަރަށް ފަހުރުވެރިކަމާއި އެކު ފާހަގަ ކުރާކަމަށް މުޙައްމަދު ޢަބުދުﷲ ވިދާޅުވިއެވެ. 

މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސްކޭން މެޝިން ކޮބާތޯ؟

– 16 ނޮވެމްބަރު 2016 0

މުހައްންމާ ނިކަން ބުނެބަލަ 2 މިލިއަން ރުފިޔާން ޒަމާނީ ފެންވަރުގެ މިސްކިތެއްއެޅޭތަ؟ މިސްކިއްއަޅަން ބަޖެޓްގައި ޖެހީރު ކުނިގޮނޑު ހައްލުކުރާނެ ގޮތެއް ނެތުމީ މެންބަރު އިހަވަންދޫގެ ވިންދު ނޭގޭކަމުގެ އަލިގަދަހެއްކެތް․

– 16 ނޮވެމްބަރު 2016 0

ކޮރަޕްޝަނުގެ ފަސާދަ އިހަވަންދޫގައި އާންމުކުރެއްވުމަށް ތިޔަކުރައްވާ މަސައްކަތަށް ވަރަށްބޮޑަށް ޝުކުރިއްޔާ․ އަދި އިހަވަންދޫއަށް މިވެރިކަމުގައި ލިބެމުންދާ އުމްރާނީ ކުރިއެރުންތަކަށްވެސް ވަރަށްބޮޑަށް ޝުކުރިއްޔާ․

– 16 ނޮވެމްބަރު 2016 0

ތަރައްޤީގެ ތެރޭން މިނޫސްވެސް ގަނެލީތަ <br>

– 16 ނޮވެމްބަރު 2016 0