ޕީ.ޕީ.އެމް ޖަލްސާއަށް މަރުކަޒު މުވައްޒަފުން ފޮނުވި މައްސަލަ އޭ.ސީ.ސީ އަށް ހުށަހަޅައިފި

14 ނޮވެމްބަރު 2016 9

ހެލްތް މިނިސްޓްރީގެ ބައެއްބޭފުޅުން އިހަވަންދޫގެ ސިއްޙީމަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރާއިރު ދިއްދޫ ހޮސްޕިޓަލްގެ ސިޔާސީ ވެރިޔާ އަދި އިހަވަންދޫ ސިއްޙީމަރުކަޒުގެ ސިޔާސީވެރިޔާ ބަލަހައްޓައިގެން. ފޮޓޯ: އިހަވަންދޫ ސިއްޙީމަރުކަޒު

4 ނޮވެމްބަރ 2016 ވީ ހުކުރުދުވަހުގެރޭ "އަސްލު" ގެ ނަމުގައި ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އިހަވަންދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ފޮނުވި ކަމަށް ބުނެ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ. އޭސީސީއަށް އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަން އެކޮމިޝަނުގެ އިންޕޮމޭޝަން އޮފިސަރ ޙަސަން މަނިކުވަނީ މިނޫހަށް ކަށަވަރުކޮށްދީފައެވެ.

އަމިއްލަ ފަރާތަކުން މިއަދު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، މިނިސްޓަރީ އޮފް ހެލްތުން އަންގަވައިގެން އިހަވަންދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުން "އަސްލު" ޖަލްސާއަށް ފޮނުވިކަމަށް އެމަރުކަޒަށް ރައީސުލްޖުމްޙޫރިއްޔާ އަބުދުﷲ ޔާމީން ކަޑައަޅުވާފައި ހުންނެވި ސިޔާސީ ވެރިޔާ، ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލާ ޝަހުމާ މޫސާ މީޑިޔާގައި ވިދާޅުވެފައި ވާކަމަށާއި އެއީ މަޤާމުގެ ބާރާއި ނުފޫޒް ނާޖާއިޒް ގޮތުގައި ބޭނުންކުރުންކަމުގައެވެ.

ވަކިފަރުދަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ފައިދާ ހޯދައިދިނުމަށް ނޫނީ ކުރިއެރުވުމަށް ދައުލަތުގެ މުދަލެއް ނުވަތަ މުވައްޒަފުންވެސް ބޭނުންކުރުމީ ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަނުގެ އަމަލެއް ކަމަށާއި އެއަމަލުގައި ބައިވެރިވި މުވައްޒަފުންވެސް އެވަނީ ކޮރަޕްޝަނުގެ އަމަލެއްގައި ބައިވެރިވެފައިކަމަށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައިވެއެވެ.

އެމައްސަލަ އިތުރުރަށް ތަފްސީލްކޮށްދެމުން ބުނެފައިވަނީ އެޖަލްސާއަށް މާލެދިޔަ މުވައްޒަފުން ނޮވެމްބަރު 4 ވަނަދުވަހު މާލެދިޔަކަމަށާއި އެއްވެސް އެއްޗެއް ނާންގައި ކަމަށާއި، އެމުވައްޒަފުން ޑިއުޓީއަށް ހާޒިރުވެފައިނުވާތީ ކަމާބެހޭ އިދާރީ މުވައްޒަފުން، އެމުވައްޒަފުން ޑިއުޓީއަށް ހާޒިރުނުވާކަމަށް ރިކޯޑްކޮށްފައި ވާކަމުގައެވެ. އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައިބުނަނީ ސީނިއަރ އެޑްމިނިސްޓްރޭޓަރ ޝަހުމާ މޫސާއަށް އެކަން އެނގިލެއްވުމުން، އެދުވަހަކީ އެމުވައްޒަފުން ހާޒިރުނުވާ ދުވަހެއްކަމަށް ލިޔުމުގެ ބަދަލުގައި އެމުވައްޒަފުން އޮފީސްބޭނުމަކު ރަށުންބޭރަށް ދިޔަ ދުވަހެއްކަމަށް ލިޔުމަށް ކަމާއިގުޅޭ މުވައްޒަފުންނަށް އަމުރުކުރެއްވިކަމުގައެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގަ އެދިފައިވަނީ މިނިސްޓްރީ އޮފް ހެލްތުން އެފަދަ އެންގުމެއް އަންގާފައިވާނަމަ އެއެންގި ފަރާތެއްގެ މައްސަލަ ބަލައިދިނުމުގެ އިތުރުން ޝަހުމާ މޫސާ އޭނާގެ މަޤާމުގެ ބާރާއި ނުފޫޒް ނާޖާއިޒް ގޮތުގައި ބޭނުންކުރި ކަމަށްބުނާ މައްސަލަ ބަލައިދިނުމުގެ އިތުރުން އެކަމުގައި ބައިވެރިވި މުވައްޒަފުންގެ މައްސަލަވެސް ބަލައިދިނުމަށް އެދިފައެވެ.

އިހަވަންދޫ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލާ ޝަހުމާ މޫސާއާއި މިކަމާއި ގުޅޭގޮތުން ކުރިން މިނޫހުން ސުވާކުރުމުން ވިދާޅޫވެފައިވަނީ އެކަމަނާގެ އަމިއްލަ ބާރު ބޭޏުންކޮށްގެން މިވީހާތަނަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އެޖަލްސާއަށް އިހަވަންދޫ ހެލްތު ސެންޓަރުގެ މުވައްޒަފުން ގޮސްފައި ވަނީ ހެލްތު މިނިސްޓްރީން އަންގައިގެން ކަމަށެވެ.

"ތީގަ އަޅުގަނޑު ބުނެލަން އޮތީ އަޅުގަނޑުމެން ދިޔައީ އަޅުގަނޑުމެން މުއައްސަސާގެ މުވައްޒަފުން ގޮސް އިންނާނީ ހެލްތު މިނިސްޓްރީން ސީދާ ގުޅައިގެން މުވައްޒަފުން ފޮނުވަން ބުނެގެންނޭ. އެ ނޫން ގޮތަކަށް އަޅުގަނޑުމެން ނީންނާނެ އަމިއްލައަކަށް އެއްވެސް މުވައްޒަފަކު ގެންގޮސްފައެއް. އަޅުގަނޑު އަމިއްލަ ބާރަކުއެއް. ރަސްމީ ހައިސިއްޔަތުން އަޅުގަނޑުމެން ދިޔައީ" ޝަހުމާ ވިދާޅުވިއެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒު, ޕީޕީއެމް އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަސްލު ރާކަނިމަސް ކެވޭނެހެން ހީވަނީ! ޞިއްހީމަރުކަޒަކީ ކަރަޕްޝަންގެ އަމަލުތަކުގެ ހާއްޔެއް!

– 15 ނޮވެމްބަރު 2016 0

ކޮބާތަ ތީގާ މައްސަލަޔަކީ؟

– 14 ނޮވެމްބަރު 2016 0

ވަރަށް ރަނގަޅު

– 15 ނޮވެމްބަރު 2016 0

ޢާޙިރުގަ ތީގަމ އަދަބުލިބޭނިމ ނިކަމެތި މުއައްޒަފުންނަށް.

– 15 ނޮވެމްބަރު 2016 0

ސުޕަމޫން، އެބަފެނޭ․․․․އަސްލުހީކުރީ ރައްޔިތުން ތިބީ އެހެން ބުނެގެން އޯކޭ ވެފަކަމަށް․ ބުނަން އޮތީ ރައްޔިތުން މާ ބޮޑަށް ސިޔާސީ މަރުމޯލުންނަށްވުރެއް ހޭލުންތެރިއޭ! <br>ތި ކަން ނިމޭނެ ކޮޅުވެސް ވަރަށް ސާފް، އެެހެން ކަރަޕްޝަނުގެ ޢަމަލަކަށް ނުވާ ސަބަބުތައްވެސް ހުރިހާ ރައްޔިތުންނަށް އިނގޭ․․․ކޯޓްތައްވެސް އޮތީ އަސްލު ފަޅީގަ ވިއްޔާ․․․ <br> ހީ ހީ ހީ hospitality vs Hospital

– 15 ނޮވެމްބަރު 2016 0

ތިޔަ މައްސަލަ ނިމޭނީ އަނެއް ކޮޅަށް․ ވަރަށް ރަނގަޅަށް މި ބުނީ․ އެއީ މައުސޫމް އަންހެނެއް․

– 15 ނޮވެމްބަރު 2016 0

"އަމިއްލަ ބާރު ބޭޏުންކޮށްގެން މިވީހާތަނަށް އެއްވެސް ކަމެއް ނުކުރައްވާނެ" ދެންކާކުމ ބުނާގޮތެއްމ ހަދަނީ؟

– 15 ނޮވެމްބަރު 2016 0

މަސްލަހަތު ނެތް ވެރިންނޭ ․․․․․․ ކޯފާއެކޭ ތި މަރުކަޒުގާ

– 15 ނޮވެމްބަރު 2016 0

ބޭބެއަށް ހަަމަޖައްސަން އުޅޭ ވަޒީފާގެ ކަންތައް އޭސީސީ އަށް ނުލާބާ!؟

– 16 ނޮވެމްބަރު 2016 0