ފެނަކައިންވެސް ކަރަންޓް އަގޮބޮޑުކޮށްފި

4 ނޮވެމްބަރު 2016 0

ފެނަކަ ކޯޕަރޭޝަން އިން ކަރަންޓް ޔުނިޓަކުން ފިއުލް ސާޗާޖުގެ ގޮތުގައި ހަތަރު ލާރި ނަގަން ފެށުމާއިއެކު އެކުންފުނިން ކަރަންޓްގެ ހިދުމަތްދޭ ރަށްރަށުގައި ކަރަންޓްގެ އަގު ބޮޑުވެއްޖެއެވެ. ފެނަކައިން އަންނަނީ 153  ރަށެއްގައި ކަރަންޓްގެ ޚިދުމަތް ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިން ބިލްގައި ފިއުލް ސާޗާޖް ހިމަނަން ފަށާފައި ވަނީ ސެޕްޓެމްބަރ 19 ވަނަދުވަހުން ފެށިގެންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ކަރަންޓްގެ އަގަށް ބަދަލުގެނެސްފައިވާ ގޮތުން އެކުންފުންޏަށް ޑީސަލް ލިޓަރެއް ގަންނަން ލިބޭއަގު 8ރ އަށް ވުރެ ބޮޑު ވާ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ވަނީ ދީފަ އެވެ. ނަމަވެސް މިއީ ފެނަކައިން އޭގެފަހުން ފިއުލް ސާޗާޖު ކަރަންޓް ބިލުގައި ހިމަނާ ފުރަތަމަ ފަހަރެވެ. 

ފެނަކައިގެ އިތުރުން ސްޓެލްކޯ އިން ވެސް ވަނީ އޮކްޓޯބަރު މަހުން ފެށިގެން ކަރަންޓް ޔުނިޓަކަށް ހަތަރު ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނަގަން ފަށައިފަ އެވެ. ކުރިޔަށް އޮތް ތަނުގައި ތެލުގެ އަގު މައްޗަށް ދާނަމަ ފިއުލް ސާޗާޖުގެ ގޮތުގައި ނަގާ މިންވަރު ބޮޑުވެ ޖުމްލަ ބިލް ބޮޑުވަމުންދާނެކަމަށް ބެލެވެއެވެ.

މިދިޔަ ފެބްރުއަރީ މަހު ކަރަންޓްގެ އަގުތަކަށް އެންމެ ފަހުން ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލުގެ ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކުކޮށްފައިވެ އެވެ. އެޝަކުވާތަކާއި ގުޅިގެން 500  ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮ ކޮށްފައިވެ އެވެ. ނަމަވެސް އެބަދަލާއިއެކުވެސް ކަރަންޓްގެ އަގުބޮޑުވާތީ، ކަރަންޓްގެ އަގު ހެއޮކޮށްދޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް އޭގެފަހުން ކަރންޓްގެ ހިދުމަތްދޭ ކުންފުނިތަކަށް ތޮޔޮގަންނަންލިބޭ އަގު ބޮޑުވާކަމަށްބުނެ ފިއުލް ސާޗާޖުގެ ގޮތުގައި ރުފިޔާ ނަގަންފެށުމާއިއެކު ކަރަންޓްގެ އަގު ބޮޑުވަމުންދާކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ ބާޒާރުގައި ފާއިތުވި ދުވަސްތަކުގައި ތެލުގުއަގުހުރީ ވަރަށް ބޮޑަށް ދަށުގައި ހިފެހެއްޓިފައެވެ. ނަމަވެސް ތަޖްރިބާކާރުން ލަފާކުރާގޮތުގައި ކުރިޔަށްއޮތް ދުވަސްތަކުގައި މަޑުމަޑުން ތެލުގެ އަގު މައްޗަށްދާނެކަމަށް ބެލެވެއެވެ. 

އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ