ސަރުކާރާއެކު މަސައްކަތްކުރާނެ ކެނޑިޑޭޓުން އިންތިޚާބުކުރަންޖެހޭ- ރައީސް

25 އޮކްޓޫބަރު 2016 1

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރައްޔިތުން ބޭނުންވާ ތަރައްިޤީ ސަރުކާރާއެކު މަސައްކަތްކޮށްގެން ގެނެސްދެވޭވަރުގެ ކެނޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު މެންދުރު ފަހު ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކިތަންމެ ބޮޑު މަޝްރޫޢެއްވެސް ސިޔާސީ ފިކުރުގެ ތަފާތާހެދި ރައްޔިތުން ބޭނުންވާގޮތަށް އެކަން ފުދިގެން ނުދާތަން ފެނިގެން ގޮސްފައިވާކަމަށެވެ. އަދި ފިކުރު ތަފާތުގެ ސަބަބުން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ފުދިގެންނުދިޔަ ކިތަންމެ ހާލަތެއް މާޒީގެ ތެރެއިން ފެނިގެން ގޮސްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ ވާހަކަފުޅުފައި، ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ފުދުންތެރިކަން ގެނެސްދެވޭނީ ރައްޔިތުން ތަމްސީލްކުރަންތިބޭ ކައުންސިލަރުންގެ ފަރާތުން އެއްބާރުލުންދީގެންކަމަށް ވިދާޅުވެ، އެފަދަ ކެނޑިޑޭޓުން ކައުންސިލް އިންތިޚާބުގައި ހޮވުމަށް ރައީސުލްޖުމުހުރިއްޔާ ގޮވާލެއްވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Konkameh vaanee emme uthuruga oyy abadheebodu atoll ga adhives Airporteh neley.but male aa maa kari atoll thakuga Airportu eley.

– 26 އޮކްޓޫބަރު 2016 0