އަޅުގަނޑުގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެ: އަލީ ރަމީޒް

23 އޮކްޓޫބަރު 2016 1

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބުގެގައި އެބޭފުޅާގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެކަމަށް ކައުންސިލަރު އަލީ ރަމީޒް ވިދާޅުވެއްޖެއެވެ. މިނޫހުންކުރި ސުވާލަކަށް ޖަވާބުދެއްވަމުންމުން އޭނާ ވިދާޅުވީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބުގެގައި އިހަވަންދޫ ކައުންސިލަށް ވާދަކުރުމަށް އެމް.ޑީ.ޕީގެ ޓިކެޓް ހޯދުމަށް އެދި ހުށަހަޅާފައި ވާނެކަމުގައެވެ.

ނަމަވެސް މިނޫހުން ނުރަސްމީކޮށް ކުރިން ހޯދި މައުލޫމާތުގައި މައުލޫމާތު ދިންފަރާތުން، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ހުށަހެޅި ކެނޑިޑޭޓުންގެ ތެރޭގައި އަލީރަމީޒްގެ ނަން ހިމަނާފައި ނެތުމުން މިނޫހުން ހަބަރު ޝާއިޢުކުރިއިރުވެސް އެބޭފުޅާގެ ނަން އެމްޑީޕީގެ ޓިކެޓް ހޯދުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ތެރޭގައި ހިމަނާފައެއް ނުވާނެއެވެ. އެމްޑިޕީގެ ޓިކެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު ރަސްމީކޮށް އަދި އެޕާޓީން އާމެއް ނުކުރެއެވެ.

ޖެނުއަރީ 2017 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުން، 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން، އަދި 3 ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.

2017 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ހއ އަތޮޅުން ރަށު ކައުންސިލްތަކަށް 48 ރަށުކައުންސިލަރުން އިންތިހާބުކުރިނަމަވެސް، އެމްޑީޕީގެ ޓިކެޓްގައި ހއ އަތޮޅުގެ ރަށުކައުންސިލްތަކަށް މިފަހަރު ވާދަކުރެވޭނީ 34 ކެންޑިޑޭޓުންނަށެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއިއެކު އެމްޑީޕީން ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެމްޑީޕީ ކުރިމަތިލާނީ %77 ގޮނޑިއަށެވެ. ބާކީ %23 ގޮނޑިއަށް ކުރިމަތިލާނީ އަދާލަތު ޕާޓީންނެވެ.

އިހަވަންދޫ ކައުންސިލް, އެމްޑީޕީ އިހަވަންދޫ, ލޯކަލް ކައުންސިލް އިންތިހާބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އައި ލަވް ޔޫ ސަރރރރރރރރރރރރރރރރރރރރރރރރރރރރރރރ

– 24 އޮކްޓޫބަރު 2016 0