ޖީއެސްޓީ ކަނޑާފައި ރިލޯޑު އަދި ރާސްޓަސް ކުރެވޭ ގޮތް ހަދަނީ

27 ސެޕްޓެމްބަރު 2016 0

1 އޮކްޓޫބަރު 2016 ގެ ފަހުންކުރާ ރީލޯޑް ނުވަތަ ރާސްޓަސްގެ އަދަދު އެކައުންޓަށް ކްރެޑިޓްވާނީ ޖީ.އެސް.ޓީ އަށްވާ އަދަދު އުނިކުރުމަށްފަހު ބާކީ އަދަދުކަމުގައި މީރާއިން ހާމަކުރައްވައިފިއެވެ.

މިހާރު ރީލޯޑް އަދި ރާސްޓަސް އިން ޖީ.އެސް.ޓީ ނަގަމުން ދަނީ ރީލޯޑް ނުވަތަ ރާސްޓަސްކުރާ އަދަދުގެ މައްޗަށް ޖީ.އެސް.ޓީގެ އަދަދު ވަކިން ނެގިގެންނެވެ. ނަމަވެސް މި ގެނެވުނު ބަދަލާއެކު ކަސްޓަމަރުން އިތުރަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ އަދަދު ދެއްކުމުގެ ބަދަލުގައި ދެން އެކައުންޓަށް ކްރެޑިޓް ވާނީ އެ ފަރާތުން ދެއްކި އަދަދުން ޖީ.އެސް.ޓީގެ އަދަދު އުނިކުރުމަށްފަހު ބާކީ އަދަދު ކަމަށް މީރާއިން ބުނެއެވެ.

މި ބަދަލާ ގުޅިގެން ދިރާގު އަދި އުރީދޫގެ ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް ދިމާވަމުންދިޔަ ވަކިލާރީގެ މައްސަލައަށް ހައްލެއް ލިބި، ޕްރީ-ޕެއިޑް ކަސްޓަމަރުންނަށް ރީޗާޖްކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމުގައި މީރާއިން ހާމަކުރެއެވެ. އަދި މި ކަމާގުޅިގެން އާންމުންނާއި ވިޔަފާރިކުރައްވާ ފަރާތްތައް ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ރޭވިފައިވާކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ. 

މުވާސަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގަން ފެށީ ޖީ.އެސް.ޓީ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން، 1 މޭ 2014 އިން ފެށިގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ