ގޯއްޗަށް އެދި 401 ފަރާތަކުން ހުށަހަޅައިފި

22 ސެޕްޓެމްބަރު 2016 0

ގެވަޅު ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައި، އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ގެވަޅަށް އެދުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ހަމަވި އިރު، 401 ފަރާތަކުން ގެވަޅަށް އެދެފި އެވެ.

އިހަވަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައިވަނީ، ގެވަޅަށް އެދުނު ފަރާތްތަކަގެ މައުލޫމާތު އާމުކޮށް، އެއްވެސް ޝަކުވާއެއް އޮތްނަމަ އަންނަ އޮކްޓޯބަރ މަހުގެ 3 ވަނަދުވަހުގެ ކުރިން އެއިދާރާއަށް އަންގަވައި ދެއްވުމަށް އެދިފައެވެ.

މިފަހަރު ގެވަޅަށް އެދުމަށް އިހަވަންދޫ ކައުންސިލް އިދާރާއިން ހުޅުވައިލި ފުރުސަތުގައި، 463 ފަރާތަކުން ގެވަޅު ފޯމް ނަގާފައިވެއެވެ.

އިހަވަންދޫ ކައުންސިލް އިދާރާއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ނޫރާނީ މަގުގެ ހުޅަނގު ދެކުނުން (ބޮޑުމަގުގެ ދެކުނު) އޮންނަ ސަރަހައްދުންނެވެ. އެއީ ކައުންސިލުން އިމާރާތްކުރަމުންދާ ޕުރީސުކޫލުގެ ބިމުގެ ކުރިމަތިން އޮންނަ ވަލުތެރޭގެ ސަރަހައްދެވެ. މިފަހަރު ދޫކުރުމަށް ހަމަޖައްސާފައި ވަނީ 100 ގޯއްޗެވެ. މިފަހަރުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުން (މީގެ 9 އަހަރުކުރިން) އިހަވަންދޫން ގޯތި ދޫކޮށްފައިވާ ބޮޑުމިން ކަމަށްވާ 1600 އަކަފޫޓުގެ ގޯއްޗެވެ.

މިފަހަރު ގެވަޅުދިނުމަށް އިއުލާންކުރީ، އިހަވަންދޫން ގޯތި ދޫކުރުމަށް 14 އޭޕްރިލް 2013 ގައިކުރި އިއުލާން ބާތިލްކުރުމަށް ފަހުއެވެ. އެފަހަރުގެ އިއުލާނަށް އިޖާބަދީ 335 ފަރާތަކުން ފޯމް ހުށަހެޅިއެވެ.

ގެވަޅު ދިނުމުގެ މަސައްކަތް ކުރިޔަށް ދާގޮތް އޮޅުން ފިލުވުމަށް، މިނޫހުން އިހަވަންދޫ ކައުންސިލް އިދާރާގައި ތަކުރާރުކޮށް އެދުމުންވެސް، އިހަވަންދޫ ކައުންސިލުން އެކަމަށް އެއްބާރުލުން ނުދޭކަން ފާހަގަކުރެވެއެވެ.

ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ