އައިހެވަންގެ އަމަލީ މަސައްކަތް އެންމެލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ - އަބްދުﷲ މުހައްމަދު

3 ސެޕްޓެމްބަރު 2016 2

އިހަވަންދިއްޕޮޅުގައި ހަދާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދާއި ހަވާލާދީ އޮންލައިން ނޫސް ދުވަހުގައި ލިއެފައިވާ ގޮތުގައި، ސަރުކާރުގެ ވިސްނުން ހުރީ އައިހެވަން ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމުގެ ކުރިން އެތަން ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށެވެ. ހއ ހޯރަފުށީގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އައިހެވަން ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ. "އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ހަގީގަތަކަށްވާނެ. މި މަޝްރޫގެ އަމަލީ މަސައްކަތް ބިން ހިއްކުމުގެ މަސައްކަތް، ބިން ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭ ފަށާނަން. މިއަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން ފަށާނަން،" ހޯރަފުށީގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަރ ޕްލޭން ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ސަރުކާރުންވަނީ މިމަހުގެ ތެރޭގައި ހުޅުވާލާފައެވެ.

އައިހެވަން އިންޓަރގްރޭޓަޑް މަޝްރޫޢަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭގޮތުން، ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓުކުރާ އިތުރު އިންޑަސްޓްރީތައްކަމުގައިވާ ވެއަރހައުސިންގް، ޕެކޭޖިންގް، ޕްރޮސެސިންގް، މެނުފެކްޗަރިންގ، އިންޓަރނޭޝަނަލް ކްރޫޒް ފެސިލިޓީޒް އަދި އެއަރޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭގޮތަށް ތަރައްޤީކުރުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.

އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހުވަފެން ދައްކާ ސަރުކާރުގެ ކުދިންތަށް ކޮބައިތަ؟

– 3 ސެޕްޓެމްބަރު 2016 0

enme furathama Raees meeha buny Hulhumale hikkanimeythanun fashaaney Ihavan zone hikkan, dhen badhalu v mi aharu fahukolhah, mihaaru anna aharu kurykolhah dhen bunaane 2vana dhauruga ey.. thiyaee I-huvafen nuny I-hope kiyamaa

– 5 ސެޕްޓެމްބަރު 2016 0