ސޮންދުގެ ހިތި ތަޖުރިބާ! ރައްޔިތުންނަށް އެނގެން ޖެހޭ ވާހަކައެއް!
ސޮންދޭ މި ދެންނެވީ ރައްގޮވާއަޑުގެ މުސައްނިފު، ލޮބުވެތި މުދައްރިސް، ފެހިވިލާގޭ އަލްފާޟިލް މުޙައްމަދު ޢަބްދުއްސަމަދަށެވެ.
ވާހަކަ ފަށާނީ އެހެން ވާހަކައެއް ވެސް ދަންނަވާލައިފައެވެ. މުއައްސަސާތަކުގެ ވެރިންގެ ސާހިބުންނަކީ ރައްޔިތުންނެވެ. މުއައްސަސާތަކުގައި ވަޒީފާ އަދާކުރައްވާ ހާދިމުންގެ މައްޗަށް އަމުރުމައުރޫފު ހިންގެވުމުގެ ފުރިހަމަ ބާރު ސާހިބުމީހާ އަށް އޮންނާނެއެވެ. ހާދިމުން އަދާކުރައްވާ ވަޒީފާއާމެދު ފާރަވެރިވާ އެންމެ މުހިއްމު ވަސީލަތަކީ މީޑިއާއެވެ. މީޑިއާއަކީ ސާހިބުންނާއި ހާދިމުން ޖައްސުވައި ފިތުނަފަސާދަ އުފައްދާ އާލާތެއްގެ ގޮތަށް ދެކެވަޑައިގަތުމުގެ ބަދަލުގައި ތަކުރާރުކޮށް ގޯސް ހެއްދެވުން ހުއްޓަވާލައްވައި ސާހިބުންގެ ލޯބި ހޯއްދެވުމަށް އަމާޒުހިއްޕެވުން ކީއްތޯއެވެ!
ވާހަކަ ފަށަމާތޯ!
އެއީ މީގެ ހަތަރު އަހަރެއްހައި ކުރިއެވެ. އިހަވަންދޫ ކައުންސިލްގެ ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯއްދެވުމަށް އިއުލާނު ކުރައްވައިފިއެވެ. އޭގެ ކުރިން ކުރެއްވި އިއުލާނު ބާތިލު ކުރެއްވުމަށް ފަހުއެވެ. އިއުލާނު ނެރުއްވީ 2012 ޖުލައި 12 ވަނަ ދުވަހުއެވެ.
އިޢުލާނަށް ބައްލަވާށެވެ.
އިއުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވީ ސޮންދު އާއި އެހެން ބޭފުޅެކެވެ. ދެ ބޭފުޅުންނާ އިންޓަވިއުކުރައްވައި އިމްތިހާންކުރައްވައި ހެއްދެވީ ސިވިލް ސާވިސް ކޮމިޝަނުންނެވެ.
އެ ކޮމިޝަނުން ނަތީޖާ ނެރުއްވައިފިއެވެ. އެއް ވަނަ ހޯއްދެވީ ސޮންދެވެ.
ނަތީޖާއަށް ބައްލަވާށެވެ.
ސޮންދު އެއް ވަނަ ހޯއްދަވައިފިކަން ކައުންސިލަށް ވެސް އަންގަވައިފިއެވެ. ކޮމިޝަނުން އެދިވަޑައިގަތީ ސޮންދުގެ ވަޒީފާ ބަދަލުކުރައްވަން ކައުންސިލުން ކޮމިޝަނަށް ހުށަހެޅުއްވުމަށެވެ. އެއީ 2012 ސެޕްޓެމްބަރ 23 ވަނަ ދުވަހެވެ.
ކޮމިޝަނުން ކައުންސިލަށް ފޮނުވި ސިޓީއަށް ބައްލަވާށެވެ.
ވަޒީފާއަށް ހޮވިވަޑައިގެންފިކަން ކައުންސިލުން ސޮންދަށްވެސް އަންގަވައިފިއެވެ. ކައުންސިލްގެ ޑިރެކްޓަރުގެ މަގާމަށް ސޮންދު ބަދަލުކުރެއްވުމަށް އިޢުތިރާޟް ނުކުރައްވާކަމަށް ބަޔާންކުރައްވައި މަދަރުސާއިން ދެއްވި ލިޔުން ސޮންދު ކައުންސިލަށް ހުށަހަޅުއްވައިފިއެވެ. އެއީ 2012 ސެޕްޓެމްބަރ 27 ވަނަ ދުވަހެވެ.
މަދަރުސާގެ ލިޔުމަށް ބައްލަވާށެވެ.
ދެން އޮތީ ވަޒީފާ ބަދަލުކޮށްދެއްވުން އެދި ކައުންސިލުން ކޮމިޝަނަށް ހުށަހެޅުއްވުމެވެ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވަނީ ކައުންސިލްގެ ޒިންމާދާރުވެރިޔާއެވެ.
ދުވަސްތައް މާޒީ ވަނީއެވެ. ސެޕްޓެމްބަރ ހުސްވެ އޮކްޓޫބަރު ލައިގެންފިއެވެ. ވަޒީފާ ބަދަލުކޮށްދެއްވަން ހުށަހެޅޭނެ ގޮތެއް ނުވިއެވެ. ކައުންސިލުން ވިދާޅުވަނީ އެކަން ކުރެއްވުމަށް ޒިންމާދާރުވެރިޔާ އިންކާރުކުރައްވަނީ ކަމަށެވެ.
ކައުންސިލަށް ގޮތް ހުސްވީއެވެ. މިހެންވެ، ވަޒީފާއަށް ހޮވިވަޑައިގެންނެވި ފަރާތަށް ވަޒީފާ ހަމަޖައްސަވައިދެއްވައި ވަޒީފާގެ ޗިޓް ފޮނުއްވައިދެއްވުމަށް އެދިވަޑައިގެން، ހާލަތު ބަޔާންކުރައްވައި، ކައުންސިލުން ކޮމިޝަނުގައި ދަންނަވައިފިއެވެ. އެއީ 2012 އޮކްޓޫބަރ 7 ވަނަ ދުވަހެވެ.
މި ސިޓީއަށް ބައްލަވާށެވެ.
ޖަވާބެއް ލިބިވަޑައިނުގަތެވެ.
ސޮންދު ވަޒީފާއަށް ހޮވިވަޑައިގެންނެވިތާ 22 ދުވަސްވެއްޖެއެވެ. ވަޒީފާ ބަދަލުކޮށްދެއްވުން އެދި ހުށަހެޅުއްވޭ ގޮތެެއް ނުވެއެވެ. އެކަމާ ނުރުއްސަވައިގެން ޒިންމާދާރުވެރިޔާގެ މައްސަލަ ބައްލަވައިދެއްވުން އެދި އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާއަށް ހުށަހަޅުއްވައިފިއެވެ.
ހުށަހެޅުއްވި މައްސަލައަށް ބައްލަވާށެވެ.
ކޮންމެއަކަސް ކޮންމެވެސް ކަމަކާގުޅިގެން ޒިންމާދާރުވެރިޔާ ރަށުންބޭރަށް ވަޑައިގެންފިއެވެ. ފުރުސަތުގެ ބޭނުން ހިއްޕަވައި، ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވި އަލްފާޟިލް ޢަބްދުލްޚާލިޤު މޫސާ ސޮއިކުރައްވައި، ސޮންދުގެ ވަޒީފާ ބަދަލުކޮށްދެއްވުން އެދިވަޑައިގެން ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. އެއީ 2012 އޮކްޓޫބަރ 14 ވަނަ ދުވަހެވެ.
ވަޒީފާ ބަދަލުކުރެއްވުން އެދިވަޑައިގެން ކައުންސިލުން ފޮނުއްވި ސިޓީ އާއި ޗިޓަށް ބައްލަވާށެވެ.
ކޮމިޝަނުން ޖަވާބު ފޮނުއްވައިފިއެވެ. ސަހަރޯ!!!
ޖަވާބުގައި އޮތީ އެދިވަޑައިގެންނެވިގޮތުގެ މަތިން ޑިރެކްޓަރުގެ މަގާމަށް ސޮންދު ހަމައްޖަސަވައި ދެވެން ނެތް ކަމަށެވެ. ސިޓީގައި ބަޔާންކުރައްވާފައި ވަނީ އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީ މަގާމުތަކަށް މީހުން ހޮވުން ވަގުތީ ގޮތުން މަޑުޖައްސަވައިލެއްވީ ކަމަށެވެ. އެއީ 2012 އޮކްޓޫބަރ 17 ވަނަ ދުވަހެވެ.
ކޮމިޝަނުގެ ސިޓީއަށް ބައްލަވާށެވެ.
ކޮމިޝަނުން އެ ގޮތަށް ޖަވާބުދެއްވުމުގައި ހަވާލާދެއްވި ސާކިއުލާއަށް ބައްލަވާށެވެ.
ކައުންސިލް އިންތިހާއަށް ކޮފާވެވަޑައިގެންފިއެވެ. ޒިންމާދާރުވެރިޔާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
ހުށަހެޅުއްްވި މައްސަލައަށް ބައްލަވާށެވެ.
އެހައިވަރުންވެސް ދޫކުރެއްވީކީ ނޫނެވެ. ކައުންސިލްގެ ގޯތިތެރެއަށް ނުވެންނެވުމަށާއި ކައުންސިލް އިދާރާގެ އެއްވެސް މުދަލެއް އަދި ލިޔެކިއުމެއްގައި ވިޔަސް އަތްލައްވައި ނުހެއްދެވުމަށް، ޒިންމާދާރުވެރިޔާއަށް އަމުރުކުރައްވައި ކައުންސިލުން ގަރާރެއްވެސް ފާސްކުރައްވައި އާންމު ކުރައްވައިފިއެވެ.
ގަރާރަށް ބައްލަވާށެވެ.
ލޮޓި ލިބުނީ ސޮންދަށެވެ. އެކަމަކު ސޮންދުކުރީ ކޮން ކުށެއް ހެއްޔެވެ؟
އެ މަގާމު އަދިވެސް އެ އޮތީ ހުހަށެވެ. ކުށަކީ އެ މަގާމަށް ކުރިމަތިލެއްވުމެވެ. އެ މަގާމަށް ކުރިމަތިލެއްވުމެވެ. އެ މަގާމަށް ކުރިމަތިލެއްވުމެވެ. ހިތިކަން ނޫން އަސަރެއް އެ ކުށުގައި ނުވެއެވެ.
ޚިޔާލު ފައުޅުކުރުން