"ބައެއް މުވަންޒަފުންނަށް ބޮޑު ޢަދަދުން މުސާރަ ދެނީ ކައުންސިލްގެ ނިންމުންތަކާ ޚިލާފަށް"

14 އޮގަސްޓު 2016 4

ހއ. އިހަވަންދޫ / ފޮޓޯ: މޫސަ، ފޭސްބުކް

އިހަވަންދޫ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނަށް ބޮޑު ޢަދަދުން މުސާރަ ދެނީ ކައުންސިލް އިދާރާގެ ނިންމުންތަކާ ޚިލާފަށް ކަމަށް ކައުންސިލް މެމްބަރަކު ވިދާޅުވެއްޖެއެވެ.

ނަން ހާމަ ކުރުމަށް ޢުޒުރުވެރިވެވަޑައިގެން، އޭނާ ވިދާޅުވީ، ކައުންސިލްގެ ބައެއް މުވައްޒަފުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ ފައިސާގެ ނަމުގައި ބޮޑު ޢަދަދުން ފައިސާ ނަގަނީ ކައުންސިލުގެ ނިންމެވުންތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ.

"ކުރީގެ ކައުންސިލުންވެސް ނިންމާފަ އެބަހުރި އެކަމާ ބެހޭ އުޞޫލުތައް. މި ކައުންސިލުން ވެސް އޮންނާނެ އެކަންތައް ބޮޑުވެގެން އުޞޫލެއް ކަނޑައަޅާފަ. އަޅުގަނޑުމެން ކަނޑައަޅާފަ އޮންނާނީ އަސާސީ މުސާރައިގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނައިން އިތުރު ގަޑީގެ ފައިސާ ނުދެވޭނެ ކަމަށް. ކުރީގެ ކައުންސިލުން ވެސް އެ ގޮތަށް ނިންމާފަ އޮތް ކަމަށް ވަނީ. ބަންދު ދުވަހުގެ ފައިސާއަކީ ކިހިނެއް ނެރެގެން އުޅޭ އެއްޗެއް ކަމެއް ނޭނގެ" މި ނޫހާ ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ކައުންސިލްގެ ނިންމެވުންތަކާ ޚިލާފަށް މުސާރަ ދެވެނީ ކައުންސިލްގެ ރައީސް އެކަމަށް އެއްބާރުލުންދީ މުސާރައާ ގުޅޭ ލިޔެކިއުންތައް އެޕްރޫވް ކުރާތީ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އަދި އޭނާ ވިދާޅުވީ އިހަވަންދޫ ކައުންސިލްގެ ބަޖެޓުން އިތުރު ގަޑީގެ މުސާރައަށް ބޮޑު ޢަދަދެއް ހޭދަ ކުރާތީ ބަޖެޓް މެނޭޖު ކުރަން ދަތި ވެދާނެ ކަމަށް ބުނެ ހއ އަތޮޅު ކައުންސިލްގެ މޮނިޓަރިންގ ރިޕޯޓުގައިމެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އާދަޔާ ޚިލާފު ބޮޑު ޢަދަދުން ކައުންސިލްގެ ބައެއް ވެރިން މުސާރަ ނަގަމުންދާކަން މި ނޫހުން ވަނީ ދާދި ފަހުން ފަޅާއަރުވާލައިފައެވެ. މި ގޮތުން މި އަހަރުގެ ޖުލައި މަހުގެ މުވައްޒަފުންގެ މުސާރަ ޝީޓު މި ނޫހުން ވަނީ ބޭޒާރުކޮށްލައިފައެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަވަހަށް އޭސީސީއަށް ހުށަހަޅާ

– 15 އޮގަސްޓު 2016 1

ހަތް ފެނުލާ ދޮވުނަސް ތިތަން ރަނގަޅެއް ނުވާނެ

– 15 އޮގަސްޓު 2016 1

އަޅުގަޑަށް ފެންނަގޮތުގައި މުސާރަނެންގެވި މިހުންނެއް ގޯހެއްނޫން ގޯހީ ސިވެލް ސަރވިސްގެ ޤަވާޢިދު އެ ޤަވާދަށް އިޞްލާހެއް ގެނެވިގެން ނޫނީ ތިކަންތަށް ހައްލެއްނުވާނެ ލިބެންއޮތްއެއްޗެއް ލިބިނުގަންނާނީ ކާކު <br>16 އޯގްސްޓް 1620

– 16 އޮގަސްޓު 2016 0

ހުސް މޮޔައިން

– 16 އޮގަސްޓު 2016 0