ޑެންގީ ފެތުރޭކަމަށް ބުނެ މިދިޔަ އަހަރު ސްކޫލްތައް ބަންދުކުރީ އޮޅުވާލައިގެންކަން ހާމަވެއްޖެ


އިހަވަންދޫ މަދަރުސާގެ މުދައްރިސުންތަކެއް / ފޮޓޯ: އިހަވަންދޫ ސިއްހީ މަރުކަޒު

މިދިޔަ އަހަރުގެ ޖޫން 30 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 2 ވަނަ ދުވަހާ ހަމައަށް ސްކޫލްތައް ބަންދު ކުރީ ޑެންގީ ހުން އާދަޔާ ޚިލާފަށް ރާއްޖޭގައި ފެތުރޭތީ ކަމަށް އެ އިރު ސަރުކާރުން ހާމަކުރައްވާފައި ވިޔަސް އެއީ ކަނޑައެޅިގެން އޮޅުވައިލުމެއްކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ، އިހަވަންދޫގައި އާދަޔާ ޚިލާފަށް ޑެންގީ ހުން ފެތުރެމުންދާތީ، ސަރުކާރުން އިހަވަންދޫއަށް ފޮނުއްވާފައިވާ ވަފުދުން އިހަވަންދޫގައި ބޭއްވި ބައްދަލުކުރެއްވުން ތަކުގައި ހާމަކުރެއްވި މަޢުލޫމާތުތަކުންނެވެ.

މި ވަފުދުން ރޭ ވަނީ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި މިއަދު ވަނީ ސްކޫލުގެ ޕީ.ޓީ.އޭ އާއި، އެސް.އެމް.ޓީއާ ވެސް ބައްދަލުކުރައްވާފައެވެ.

ޑެންގީ ފެތުރުން ހުއްޓުވުމަށްޓަކައި ސްކޫލް ބަންދުކުރުމަކީ ވެސް ކޮންމެވެސް ވަރެއްގެ ދައުރެއް އަދާކުރެވިދާނެ ކަމެއް ކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވި، ސްކޫލު ބަންދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދެމުންދާތީ، އެކަމަށް ރައްދުދެއްވައި، މި ބައްދަލުކުރުންތަކުގައި، ވަފުދުން ވިދާޅުވެފައި ވަނީ ސްކޫލު ބަންދު ކުރުމަކީ ޑެންގީ ފެތުރުން ހުއްޓުވުމަށްޓަކައި ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

މިގޮތުން ޑެންގީ ފެތުރޭތީ ކަމަށް ބުނެ މި ދިޔަ އަހަރު މަސްދުވަހަށް ވުރެ ގިނަ ދުވަހު ސްކޫލުތައް ބަންދުކުރި ކަމުގައި ވިޔަސް، ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި ސްކޫލްތައް ބަންދު ކުރުމަށް އެ ބޭފުޅުން ލަފާދެއްވާފައި ނުވާނެ ކަމަށާއި، އަދި ސްކޫލްތައް ބަންދު ކުރުމުގެ ސަބަބުން ޑެންގީ ކޮންޓްރޯލްވިކަން އެނގެން ނެތްކަމަށް ވަފުދުން މަޢުލޫމާތުދެއްވިއެވެ.

މިދިޔަ އަހަރު ސްކޫލްތައް ބަންދު ކުރި ދުވަސްވަރަކީ މިނިވަން ފަންސާހަށް މުޅިރާއްޖެ ތައްޔާރުވަމުން ދިޔަ ދުވަސްވަރު ކަމަށްވެފައި، އަދި އެ ދުވަސްވަރު ސްކޫލްތައް ބަންދުކުރި ކަމުގައި ވިޔަސް މިނިވަން ދުވަހުގެ ހަރަކާތްތަކަށް ސްކޫލްކުދިން ތައްޔާރުކުރުމުގެ ހަރަކާތްތައް ހުއްޓާނުލައި ގެންގޮސްފައި ވާތީ، އެ ދުވަސްވަރު ސްކޫލްތައް ބަންދުކުރީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުވުމަށްޓަކައި އޮޅުވައިލުމެއްގެ ތެރެއިން ކަމަށް އެ އިރުވެސް ބައެއް މީހުން ތުހުމަތު ކުރަމުން ދިޔައެވެ. މި ތުހުމަތަކީ ތެދު ތުހުމަތެއްކަން ވަފުދުން ދެއްވި މަޢުލޫމާތުން މިހާރު މިވަނީ ހާމަވެފައެވެ.

ރައްޔިތުންނަށް އޮޅުވާލައިގެން މަސްދުވަހަށް ވުރެ ގިނަ ދުވަހުގެ ކިޔެވުން ނަގާލާފައި ވާތީ އެކަމުގެ ކަންބޮޑުވުން އިހަވަންދޫގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

އިހަވަންދޫއަށް ވަޑައިގެން އުޅުއްވާ ވަފުދުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ އާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Hiyaalah liyumah vure ragalhuvaany nuliyuneea. Bunaane ahchenvs naegunu boahalaaku.

– 17 ޖުލައި 2016 0

ތިއީ މާ ކުރިންވެސް އެންމެން ދަންނަ ބޮޑު ސިއްރެއް․

– 17 ޖުލައި 2016 0