ޢުލޫމުލް ޤުރުއާން ކުލާހުން ޤާރީ ކޯސްތަކެއް ފަށަނީ

11 ޖުލައި 2016 0

 

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާން އާއި އިހަވަންދޫގައި ހިންގަމުންދާ އުލޫމުލް ޤުރުއާން ކުލާސް ގުޅިގެން އިހަވަންދޫގައި ޤާރީ ކޯސް ލެވެލް 1 އަދި 2 ފެށުމަށް ނިންމައިފިއެވެ.

ޖުލައިމަހު ފެށުމަށް ހަމަޖެހިފައިވާ މިކޯސްތަކަށް ވަނުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާކަމަށް ކޯސް ހިންގެވުމުގައި އިސްކޮށްއުޅުއްވާ ޝުޢައިބު މުޙައްމަދު ވަނީ މިނޫހައް މައުލޫމާތު ދެއްވާފައެވެ. އަދި އެފަރާތުން މައުލޫމަތު ދިންގޮތުގައި ޤާރީ ކޯސް ލެވެލް އެކެއްގައި ފުރަތަމަ ބައިވެރިވާ 50 ފަރާތްތަކަށް ވަނީ ކޯސްފީ މުޅިން ހިލޭ ލިބޭނެ ފުރުސަތެއް ހުޅުވާލާފައެވެ.

ޤާރީކޯސް ލެވެލް އެކަކަށް ވަނުމުގެ ޝަރުތަކީ އަސާސީ ތައުލީމް ހާސިލްކޮށްފައިވުން ނުވަތަ ގްރޭޑް 7 ނިންމާފައިވުން ނުވަތަ 16 އަހަރު ފުރިފައިވުމެވެ.

ޤާރީ ކޯސް ލެވެލް 1 ގައި ބައިވެރިވުމަށް ގުޅައިގެން ނަންނޯޓް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އަދި ފޯމް ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ފައިވްސްޓާއިން ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ.

އަދި ހަމަމިއާއެކު އެފަރާތުން ވަނީ މުޅިން އަލަށް ޤާރީކޯސް ލެވަލް 2 ގެ ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ލެވެލް 2 ގައި ބައިވެރިވުމުގެ ޝަރުތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވަލް އެކެއްގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމެވެ.

އިތުރަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ ޝަޢައިބު ވިދާޅުވީ "ޤުރުއާން ތަޖުވީދުމަގަށް ކިޔަވާއި އުނގެނުމަކީ ކޮންމެ މުސްލިމަކުވެސް އެއްމެ ހާސިލް ކުރަން ބޭނުންވާ ކަމަކަށްވެފައި ބޮޑެތި މީހުންނާއި ކުޑަކުދިންވެސް މިފުރުސަތުގެ ބޭނުން ހިފާނެކަމަށް އުއްމީދުކުރަން. އަދި މިދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކުން މިފަދަ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމުގެ އުއްމީދު ކުރާކަމަށާއި މިހާރު ޤާރީކޯހުގެ މުގައްރަރަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން ލެވަލް އެކެއް ފުރިހަމަ ނުކޮށް ލެވަލް 2 ކަށް ކިޔެވުމުގެ ފުރުސަތު ނުލިބޭކަން ހަނދާން ކޮށްދެމެވެ."

ޢުލޫމުލް ޤުރުއާން ކުލާސް

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ