މުޅި ރާއްޖެއިންވެސް ޑެންގީ ހުން އެންމެ ގިނައިން ފެންނަނީ އިހަވަންދޫ އިން

10 ޖުލައި 2016 1

މުޅި ރާއްޖެއިންވެސް ޑެންގީ ހުން އެންމެ ގިނައިން މިހާރު ފެންނަމުން ދަނީ އިހަވަންދޫ އިން ކަމަށް ހެލްތު ޕުރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.

އާބާދީގައި 3300 އެއްހާ މީހުން ދިރިއުޅެމުންދާ އިހަވަންދޫން މިއަހަރުގެ އޭޕުރީލް މަހުން ފެށިގެން މިއަދުގެ ނިޔަލަށް ޖުމުލަ 60 މީހުން ޑެންގީ ހުމަށް ޕޮޒިޓިވް ވެފައި ވާއިރު، އެޗް.ޕީ.އޭ ގެ ތަފާސްހިސާބު ދައްކާ ގޮތުން ޖޫން މަހުގެ 16 އިން ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އިހަވަންދޫން ވަނީ 25 މީހަކު ޑެންގީ ހުމަށް ޕޮޒިޓިވް ވެފައެވެ. މިއީ އާބާދީ ބޮޑު މާލެ އިން މިމުއްދަތުގެ ތެރޭގައި ޑެންގީ ހުން ޖެހިފައިވާ މީހުން ފެނު އަދަދަށްވުރެ 4 މީހުންގެ އިތުރު އަދަދެކެވެ. މިމުއްދަތުގެ ތެރޭގައި މާލެއިން ޑެންގީ ހުން ޖެހިގެން ރިޕޯރޓު ކޮށްފައި ވަނީ 21 މީހުން ނެވެ. ދެން އެންމެ ގިނައިން މިމުއްދަތުގެ ތެރޭގައި ޑެންގީ ހުން ޖެހިގެން ރިޕޯރޓު ކޮށްފައި ވަނީ ހުޅުމާލެ އިން ނާއި ލ. އިސްދޫ އިންނެވެ. އެދެރަށުން ވަނީ 9 މީހުންނަށް ޑެންގީ ހުން ޖެހިފައިވާ ކަމަށް ރިޕޯރޓު ކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުޅި ރާއްޖޭގެ އޮތް އެންމެ މުޑުދާރު ރަށައްވީމަ ތިމައްސަލަ ނިކުންނަނީ ․ އަދި މުޅި ރައްޖޭގައި އޮތް އެންމެ މަދިރި ގިނަރަށައްވާތީވެސް މެ، ޑެންގީ އަކީ މަދިރީގެ ޒަރީ އިން ފެތުރޭ ބައްޔެއް ، މަދިރިއަކީ ފެނުގައި ، ގޮނޑުގައި އުފެދި އާލާ ވާ އެއްޗެއް

– 12 ޖުލައި 2016 1