[HEADER BANNER]
[AD]

މަރުމޯލުން "ސިޔާސީ"ވުން

8 ޖުލައި 2016 0

 

އިންސާނާ ވަގުތާއި ޙާލަތާއި ނުބައްދަލު މުއްސަނދިކަމަށް ލޯބިކުރެއެވެ. އާރާއި ބާރު އެއީ "މޮޅު" ގޮތް ހޯދޭ ވަޞީލަތުގެ ގޮތުގައި ބަލައެވެ. އިއްޒަތާއި ޤަދަރަކީ މަތީ މަޤާމު ގެ ގޮތުގައި ދެކި، އެ ފަދަ މަޤާމު ތަކަށް ދަހިވެތިވެ ދެއެވެ. ކޮރަޕްޝަނާއި ފަސާދަގައިޖެހި، ކުށްކުރުމުގެ ވެއްޓަށް މީހާ އަމިއްލަ އަށް ހުށަހެޅި ކުރިން އުޅުނު ތާހިރު ދިރިއުޅުމުގެ މަތީން ހަނދާން ނެތިގެން ދަނީއެވެ. ފިތުރަތުގެ ގޮތްތައް ދޫކޮށްލައި، މަސްނޫއީ ގޮތްތަކުގައި ހިފައި، ޖަހާހާ ބެރަކަށް ފައި ހަމަކުރަން ބޭނުން ވެއެވެ.  ދުނިޔެވީ އުފާތައް ތާއަބަދަށް ހާޞިލްކުރެވޭނެ ކަމުގެ އުއްމީދު އާލާކޮށް، ކަންކަމުގައި ނާޖާއީޖު ފައިދާތައްވެސް ބިރަކާ ނުލައި ނަގަނީއެވެ. މިކަންކަން އެންމެ ފަސޭހައިން ޙާޞިލްކުރެވެނީ ބަޔަކު ބުނާ ގޮތުންނަމަ "ސިޔާސީ" ވެގެން ނެވެ.

ސިޔާސީ ވުމަކީ މިއީ ކަމަށްވާނަމަ، އެންމެން އެކީ ހައްދެއްނެތް މިންވަރަށް ސިޔާސީ ހަމަ ވާންވީއެވެ.

ސިޔާސީ މަޤާމަކަށް ނޭގުމެއްގެ ތެރެއިން، ކޮރަޕްސަނާއި ފަސާދައިން މީހަކު ހޮވުމީ، އެއީ ސިޔާސީ މީހެއްގެ ގޮތުގައި ބެލޭނެ ދަރަޖައެއް ނޫނެވެ. މިގޮތުން ބަލާއިރު، ޤައުމުގެ ވެރިކަން ކުރާ ފަރާތުން ފެށިގެން، އާދައިގެ ސިޔާސީ މަޤާމު ތަކުގައި ސިޔާސީ މަރުމޯލުން* ތިބިކަމާމެދު އެއްވެސް މީހަކު ދެބަސްނުވާއިރު، އިހަވަންދޫގައި ވެސް މި ފަދަ ސިޔާސީ މަރުމޯލުން ތިބި ކަމީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެކެވެ. ނަމުގައި "ސިޔާސީ" ވެގެން "ސިޔާސީ" މަޤާމުގައި ތިބިގެން ކުރެވުނީ ކޮންކަމެއްހެއްޔެވެ؟ ހިނިތުންވުމެއް ގެނެވުނީ ކޮން ރައްޔިތަކައްތޯއެވެ؟ މުޖުތަމަޢު ކަންބޮޑުވާ ނާޒުކުހާލަތުތައް ހަމަ މަޤަށް އަޅުވަނީ، މޫސުމީ ގޮތުން ނެރޭ ޞަފުހާގެ ބަޔާންތަކުން ވާނަމަ، އެއީ އަރަތެކެވެ؟ އެ ފަދަ އަރަތްތަކަށް ފަރިތަވެލުމަށް، އިތުރަށް ޔުނިވަސިޓީ އަށް ކިޔެވުމަށް ދާން އަޅުގަނޑުވެސް ނުހަނު ބޭނުން ވެއެވެ.

ހަމަ ފިލަނީއެވެ. ރައްޔިތުން ދެކެ ގަންނަ ބިރަކުން ނޫނެވެ. އަޑުނޭހުމުގެ އިތުރުން މަންޒަރު ބަލާލާނެ ހިތްވަރުވެސް ނެތީއެވެ. ތަޞައްވަރެއް ކުރެވޭނެ ބަރުދަނެއް ސިކުޑީގައިވެސް ނެތީއެވެ.  ނޭގޭތީއެވެ. ނިދި ހަމަ ނުވަނީއެވެ. "ސިޔާސީ" ވެވޭނީ ނިދި ހަމަވެގެން ނެވެ. އިނގިގެންނެވެ. ކުރެވިގެންނެވެ. ލަފުޒީ ގޮތުން ބަލާއިރުވެސް "ސިޔާސީ" މި ބަހުގައި ވަނީ އުޖާލާކަމާއި ކުރިއެރުމާއި އައު ދުވަހެއްގެ އުއްމީދެއްގެ ވާހަކައެވެ. ހަލުއިކަމާއިއެކު، ރާއްޖެކަހަލަ ކުޑަ އިޤްތިޞާދެއް އެކުލެވިފައިވާ ޤައުމުތައްވެސް ކުރިއަރުވައި ރައްޔިތުންނަށް އުފާވެރިކަމާއި މާރަގަޅު ގޮތް ކިޔާދީ ގެނެސްދެނީ ހަމަ ސިޔާސީ ވެގެން ސިޔާސީ މީހުންނެވެ. ސިޔާސީ ވެގެން ސިޔާސީ މީހުން ނަތީޖާދައްކަން ޖެހެއެވެ. ދުވަހުން ރުކުރުވާލެވޭ ދޮންފަސްފޫނި އިސާހިތަކު ރާޅު ބާންޏަށް ގިރުވާލެވޭ ބީދައިން، ސިޔާސީ ކަންތައްބަށްޓަން ކުރަން ވަގުތު ދެވޭކަށް ނެތެވެ.  

ސިޔާސީ ވާންވީ، ސިޔާސަތަށް ފާޑު ކިޔައި، މުޅި މުޖުތަމަޢުގެ މަސްލަހަތު ރަގަޅުކުރެވޭނެ ކަންކަމަށް ތާޢީދު ކުރުމަށެވެ. ވެރިކަންކުރާ ފަރާތްތައް ހަދާ ގޯސްތަކުގެ ނިވާފަތްގަޑަކަށްވާން އެފަރާތްތަކުން އަޅުގަނޑުމެންނަށް ދަސްކޮށްދިނީ ގޯސްކޮށެވެ. އޭގެ ސިޔާސީ ފައިސާ އެފަރާތްތަކުން ކިތަންމެ ވަރަކަށްވެސް ނަގަމުން ގެންދެއެވެ. ފުރަތަމަ، ޤައުމު އިސްކުރުން ބުއްދިވެރިއެވެ.

މިދެންނެވުމުގެ "ސިޔާސީ" ފަރާތްތައް މިއަދު ވަނީ އޮފު ކެޑިފައެވެ. އެފަދަ ފަރާތްތައް "ގިރިޓީ" ކޮންދިނުމަށް އާބަސް ބުނާއިރު ރައްޔިތު މީހާ ވިސްނާނެކަން ކަށަވަރެވެ. ގިރިޓީ ކޮށްގެންވެސް ބޭނުން ނުކުރެވޭ ވަރުވާ ގަހަނާ، ތިލޭރުމީހާގެ ގެ އިރުޝާދާއެކު އަޅުގަނޑުމެން ދިވެހިންވެސް ހަމައެއްލާލަނީ މައި ކުނި ގޮޑަށެވެ. އެންމެންނަން ހޮވާގެން ބޭނުންކުރެވޭ ގޮތަށެވެ.

*މަރުމޯ: ދެކޮޅުނުޖެހޭ ކަންތައްކުރާ، ތަންދޮރު ނުދަންނަމީހާ

[BOTTOM CONTENT BANNER]
ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ