ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށްކުރި ހުކުމް ބާތިލްކުރަންޖެހޭ - ޝެއިހް ޝާފިޢު

ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުން މީޑިއާގައި މަސައްކަތް ކުރުން 2 އަހަރަށް މަނާކޮށް ސިވިލް ކޯޓުން މިއަދުކުރި ހުކުމް، ޕައްލަންބެ ލިޔުން ބާތިލްކުރިގޮތަށް ސްޕްރީމް ކޯޓުން ބާތިލްކުރަންޖެހޭ ކަމަށް ޝެއިހް ޝާފިޢު ވިދާޅުވެއްޖެއެވެ. ޝެއިހް އިތުރަށް ވިދާޅުވީ އެއީ ތާކުންތާކު ނުޖެހޭ އެއްވެސް އޮށްޓަރެއް ބަރުދަނެއްނެތް ހުކުމެއްކަމަށާއި ދިވެހިރާއްޖޭގެ ޖުޑީޝަރީ ލަދުވެތިވާން ޖެހޭކަމަށެވެ.

ހަވީރު ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް ސިވިލް ކޯޓުން މިއަދުވަނީ އަމުރު ކޮށްފައެވެ. އެގޮތަށް ސިވިލް ކޯޓުން އަމުރުކުރީ ހަވީރު ނިއުސް އޭޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމްގެ ފަރާތުން ހަވީރު ނޫހުގެ ކުރީގެ މަސްއޫލުވެރިޔާ މުހައްމަދު ޒާހިރު ހުސައިނާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ހުކުމުގައެވެ.

އައްޝައިހު މުހައްމަދު ޝާފިއު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ