މުޙައްމަދު ރަސޫލުﷲ ސީރީޒް ބެލުމަކީ ހުއްދަކަމެއްނޫން - ޝެއިހް ޝާފިޢު

ކޮންމެ ރަމަޟާންމަހަކު ދައުލަތުގެ މީޑިއާ ޓީވީއެމް އިން ގެނެސްދޭ، މުޙައްމަދު ރަސޫލުﷲ ސީރީޒް ބެލުމަކީ ހުއްދަކަމެއްނޫންކަމަށް ޝެއިހް ޝާފިޢު ވިދާޅުވެއްޖެއެވެ. މިހެން އެބޭފުޅާ ވިދާޅުވީ ފޭސްބުކުގައި އެބޭފުޅާ ހިންގާވާ ޕޭޖެއްގައި ޖެއްސެވި ޕޯސްޓެއްގައެވެ.

އެޕޯސްޓުގައި އެބޭފުޅާ ވިދާޅުވެފައިވަނީ ރަސޫލުންނާއި ޞަހާބީން ތަމްސީލް ކުރުމަކީ ޙުއްދަވެގެންވާ ކަމެއް ނޫންކަމުގައެވެ. އަދި އެސީރީޒް ގައި ދީނުގައި ހަރާމް ކުރައްވައިފައިވާ ކަންކަން ދައްކާ ކަމަށާއި އެގޮތުން މިއުޒިކާއި، އަންހެނުންގެ އައުރަ ފެނުމާއި،ފިރިހެނުންނާއި އަންހެނުން މަސްހުނިވެގެންއުޅޭ މަންޒަރުތައް ދެއްކުމުގެ އިތުރުން މާތް ﷲ އަށް ޝަރީކަކުރާ މަންޒަރުތައްވެސް އެސީރީޒްގައި ދައްކާކަމަށް އެބޭފުޅާ ލިއުއްވާފައިވެއެވެ.

އެފަދަ ފިލްމުތައް ބެލުން ހުއްދަނުވާނެކަމަށް ސައުދީ އަރަބިއްޔާގެ ފަތުވާ ކޮމިޓީގެ އިތުރުން އިސްލާމިކް ފިޤުހު ކައުންސިލުންވެސް ފަތުވާ ދީފައިވާކަމަށް އެބޭފުޅާ ލިއުއްވާފައިވެއެވެ.

އައްޝައިހު މުހައްމަދު ޝާފިއު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޤަބޫލުކުރެވޭ․

– 21 ޖޫން 2016 0

ބެލުން ނޫން ހުއްދަ އެއްޗެހި ނުފޮނުވުމަށް ޕީއެސްއެމް އަށް ގޮވައިލަމެވެ․

– 21 ޖޫން 2016 0

لا

– 26 ޖޫން 2016 0