އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

26 މެއި 2016 0

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީސް. ފޮޓޯ: އެފް.އޭ.އެމް ވެބްސައިޓް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފި އެވެ.

އެގޮތުން މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރަށްތަކުން، 2016 ޖޫން 15 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފް.އޭ.އެމް އަށް ލިޔުމަކުން އެކަން އެންގުމަށް އެ އެސޯސިއޭޝަނުންވަނީ އިޢުލާންކޮށްފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ލިޔުން ހުށައަޅާއިރު އެ ޓީމެއްގެ ކަންތައްތަކުގައި އެ ސޯސިއޭޝަނުން ގުޅަންވީ ފަރާތުގެ މައުލޫމާތު ހިމެނުމަށް އެފް.އޭ.އެމް އިންވަނީ އެދިފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި 21 އަހަރުން ދަށުގެ 5 ކުޅުންތެރިން ހިމެނުމަށް އެފް.އޭ.އެމް ވަނީ ޝަރުތުކޮށްފަ އެވެ.

އެފް.އޭ.އެމް އިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2016، ޖުލައި 26 ވަނަ ދުވަހުއެވެ. އަދި މުބާރާތުގައި ޓީމުތައް ބައިވެރިވެ ނިމުމުން އެކިއެކި އަތޮޅުގައި މުބާރާތް ފަށާ ތާރީޚު އިޢުލާނު ކުރެވޭނެކަމަށް އެފްއޭއެމް އިން ބުނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ