މާލެ ކައިރިން ދަތުރުކުރި ލޯންޗެއްގައި އަލިފާން ރޯވެ އަނދައިފި

22 މެއި 2016 0

މާލެ ކައިރިން ދަތުރުކުރި ލޯންޗެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.

ފުލުހުން ބުނެފައިވަނީ މާލެ ކައިރިން ދަތުރުކުރި ލޯންޗެއްގައި ރޯވުމުގެ ސަބަބުން މެރިން ޕޮލިސްގެ ފުލުހުން ޙަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ރޯވެ އަނދާފައިވާ ލޯންޗަކީ މާފުށީ ގެސްޓް ހައުސް އަކުން ބޭނުން ކުރަމުންދާ "ނިރުމާ" ކިޔާ ލޯންޗެކެވެ.

މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 14:30 ހާއިރު ކަމަށާއި އެވަގުތު މެރިން ޕޮލިސްގެ ފުލުހުން އެސަރަޙައްދަށް ދިޔައިރު ލޯންޗް އޮތީ މާލެއާއި ފޮނަދުއާ ދެމެދު ހިސާބުގައި ކަމަށް ފުލުހުން ބުނެއެވެ.

ނިރުމާ ލޯންޗުގައި އަލިފާން ރޯވިއިރު 3 ދިވެހިން އެ ލޯންޗުގައި ތިއްބެވެ. އެއީ ލޯންޗުގެ 2 ފަޅުވެރިންނާއި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ.

މީގެ ތެރެއިން 2 މީހުން ފިހިފައިވުމާއެކު އެމީހުން ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

މި ޙާދިސާގައި ލޯންޗް ވަނީ އެކުގައި އަނދާފައެވެ.

އަލިފާނުގެ ހާދިސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ