އިރާނާއެކުއޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން ނިންމައިފި

18 މެއި 2016 1

އިރާންގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ. ފައިލް ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ އާއި އިރާނާއެކުއޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.

ފޮރިން މިނިސްޓުރީން ބުނެފައި ވަނީ ދިވެހި ސަރުކާރުން މިގޮތަށް ނިންމެވީ، ޢަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ ދެމެހެއްޓުމަކީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާވެސް ގުޅިފައިވާ ކަމަކަށްވީ ނަމަވެސް، އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ދިއުމަކީ ރާއްޖެއިން އެކަން ކުށްވެރިކުރާ ކަމެއްކަމަށްވާތީ ކަމަށެވެ.

އަދި އެމިނިސްޓުރީން ބުނެފައިވަނީ މިދިޔަ އެޕްރީލް މަހު ތުރުކީގައި ބޭއްވި އިސްލާމިކް ސަމިޓުގައި، އިސްލާމީ ޤައުމުތަކުން ވަނީ "އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވައި، ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤްލާލަށް އިޙްތިރާމްކުރުމަށާއި ދެބަސްވުމާއި ޙިޔާލު ތަފާތުވުންތައް ނައްތާލުމުގައި އޯ.އައި.ސީ އާއި ޔޫ.އެން ޗާޓަރާ އެއްގޮތަށް ސުލްޙަވެރި ގޮތްތައް އިހްތިޔާރުކުރުމަށް" އިރާނަށް ގޮވާލާފައި ކަމަށެވެ.

ރާއްޖެއިން އިރާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 2  ޖޫން  1975 ގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތީދެން ސައިދީން ލާރިކޮޅެއް ދޭތޯ ކޮށްލިކަމެއްކަމަށްފެނޭ

– 18 މެއި 2016 0