ސިހުރުހަދާކަމުގެ ތުހުމަތުގައި ހައްޔަރުކުރިމީހާ ދޫކޮށްލައިފި
ފުލުހުން އިހަވަނދޫގައި ހަރަކާތްތެރިވަނީ - ފައިލްފޮޓޯ
ސިހުރުހާހޫރަ ހަދާކަމުގެ ތުހުމަތުގައި އިހަވަންދޫ ގެއެއްބަލައި ފާސްކުރުމަށްފަހު ހައްޔަރުކުރި މީހާ، ހައްޔަރުކުރިތާ 20 ދުވަސްފަހުން ދޫކޮށްލައިފިއެވެ. އެމީހާ ދޫކޮށްލައިފި ވަނީ ދެފަހަރެއްގެ މަތިން ބަންދަށް މުއްދަތު ޖެހުމަށްފަހުއެވެ.
ޕޮލިސް މީޑިޔާ އޮފިޝަލް މިނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެމީހާ ދޫކޮށްލާފައިވަނީ ދެވަނަފަހަރު ބަންދަށްޖެހި 10 ދުވަސް ހަމަވުމުން އިތުރަށް މުއްދަތުޖަހަން ކޯޓަށް ނުގެންގޮސް ފުލުހުންނެވެ. މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެމީހާ ދޫކޮށްލާފައި ވީނަމަވެސް އެމައްސަލައިގެ ތަހުޤީގު އަދިވެސްދަނީ ކުރިޔަށެވެ.
ޚިޔާލު ފައުޅުކުރުން