ކުރީގެ ފައިސާ ނޫޓުތައް ބޭނުންކުރެވޭ މުއްދަތު އިތުރު ކޮށްފި

10 މެއި 2016 0

ދިވެހި ފައިސާގެ ކުރީގެ ނޫޓުތައް ބޭނުން ކުރުމަށް ދިން ފުރުސަތު 31 ޖުލައި 2016 އަށް އިތުރު ކޮށްފި އެވެ.

މޯލްޑިވެސް މަނިތަރީ އޮތޯރިޓީން މިއަދި ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިހާރު ބޭނުންކުރަމުންދާ ކަރުދާސް ސީރީޒްގެ ނޫޓު ތަކުގެ ތެރެއިން 5 ރުފިޔާ ފިޔަވައި އެހެން ނޫޓުތައް ވިޔަފާރީގައި ބޭނުން ކުރެވޭނެ އެންމެ ފަހު ތާރީހަކީ 31 ޖުލައި 2016 ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

މޯލްޑިވެސް މަނިތަރީ އޮތޯރިޓީން ކުރިން ނިންމާފައި ވަނީ ކުރީގެ ނޫޓުތައް ބޭނުންކުރެވޭނެ ފަހު ތާރީހަކީ 31 މެއި 2016 ކަމަށެވެ. އެއޮތޯރިޓީގެ ސަރކިއުލާގައި ބުނެފައި ވަނީ ފައިސާ ބޭނުންކުރެވޭނެ މުއްދަތު އިތުރުކުރީ މިހާރު ދައުރުވަމުންފާ ކަރުދާސް ނޫޓު ސީރީޒްގެ ތެރެއިން ބޮޑުބައެއް އެ އޮތޯރިޓީއަށް ލިބިފައިވީ ނަމަވެސް ބާކީ ހުރި ނޫޓުތައް ވިޔަފާރީގެ މުޢާމަލާތްތަކުގެ ތެރެއިން ބޭންކު ތަކާއި އެ އޮތޯރިޓީ މެދުވެރިކޮށް ރަންދިހަ ފަހެއް ނޫޓު ސީރީޒް އަށް ބަދަލު ކުރުމަށް އާއްމުންނަށް އިތުރު ފުރުސަތު ދިނުމަށްޓަކައި ކަމަށެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ