މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ވައިޓު އެލާރޓު ނެރެފި

9 މެއި 2016 0

މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ މޫސުމާބެހޭ އިދާރާއިން ވައިޓު އެލާރޓު ނެރެފި އެވެ.

މޫސުމާބެހޭ އިދާރާއިން މިރޭ ނެރެފައިވާ އެލަރޓްގައި ބުނެފައިވަނީ އުތުރާއި މެދުރާއްޖެތެރެ އަދި އެންމެ ދެކުނުގެ އަތޮޅުތަކަށް ގުގުރާ، ބޯކޮށް ވާރޭވެހޭނޭކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލުގެ ބާރުމިނަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ. އެ އިދާރާއިން މި އެލަރޓް ނެރެފައިވަނީ މިރޭ 19:20 އިން ދަންވަރު 01:20ގެ ނިޔަލަށެވެ.

މީޓިއޮރޮލޮޖީޏް މިރޭގެ 8:00 ން މާދަމާ ރޭގެ 8:00 އަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ބައެއް އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

 ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން  ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ހާމަކޮށްފައި ވެއެވެ.

 

އަދިމިވިއްސާރާގައި ބޯކޮށް ވާރޭވެހި ،ވައިގަދަވެ ،ކަނޑުގަދަވެ އަދި އުދައަރާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް އެންމެހާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ