[HEADER BANNER]
[AD]

ސިހުރުހަދާކަމުގެ ތުހުމަތުގައި ހައްޔަރުކުރިމީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

26 އޭޕުރީލު 2016 1

ހއ އިހަވަންދޫ

ސިހުރުހާހޫރާ ހަދާކަމުގެ ތުހުމަތުގައި އިހަވަންދޫ ގެއެއްބަލައި ފާސްކުރުމަށްފަހު ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް, ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިފިއެވެ. އެމީހާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖެހީ، ބަންދާމެދު ގޮތެއް ނިންމަން ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ޕޮލިސް މީޑިޔާ އޮފިޝަލް އިއްޔަ ވިދާޅުވީ ސިހުރުހަދާކަމުގު ތުހުމަތުގައި އިއްޔަ ހަވީރު 4:15 އިން 19:15 އަށް އިހަވަންދޫގެ ގެއެއް ބަލައި ފާސްކުރުމަށްފަހު ހައްޔަރުކުރި މީހާއާއެކު އެ މައްސަލައާ ގުޅުންހުރި ތަކެތި (އެ ގެއިން) ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށާއި "ހައްޔަރުކުރި މީހާ" ވަޒީފާއަދާކުރާ އިހަވަންދޫ ޞިއްޙީމަރުކަޒުގައި އެމީހާ މަސައްކަތްކުރާ ތަން ފުލުހުން ރޭ ބަލައި ފާސްކޮށް  އެތަނުން މައްސަލައާ ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

[BOTTOM CONTENT BANNER]
ސިހުރު ހެދުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

7 ތާ ނޫނީ 10 ތަ؟

– 27 އޭޕުރީލު 2016 0