[HEADER BANNER]
[AD]

"ގަރުދިޔަ" ދިވެހިންގެ ކަންނެތްކަން ދައްކުވައިދޭ ކެއުމެއް؟

15 މާރިޗު 2016 6

 

ކެއިންބުއިމުގެ އާދަތަކާއި، ކައިބޮއި ހަދާ ބާވަތްތައް އެބައެއްގެ ތަޤާފަތާއި ދިރިއުޅުމުގެ ގޮތްތަކާއި ގުޅުމެއް ވާނެކަމަށް ބެލެވެއެވެ. ސާފު ފެނުގެތެރޭގައި ކެކެމުން އެދަނީ "ދިވެހިކަނޑު މަސް" ކަމުގައި ބަލަމާ ހިނގާށެވެ. ހަމައެކަނި ލޮނުގެ މިންވަރެއް އަޅާލުމުން ދެން ކެއެން ތައްޔާރުއެވަނީއެވެ. އެހާވެސް ފަސޭހައެވެ. ނަމަވެސް ރަހަ މީރެވެ؟ ވަކިން ޚާއްޞަކޮށް ރަތްގަރުދިޔަ ރަތްވެފައި، ކެއުމަށްކުރެވޭ އިންތިޒާރު ކުޑަކުރުވައެވެ.

ދިވެހިރާއްޖެ ފިޔަވައި، މިކެއުން ދުނިޔޭގައި އެހެން އެއްވެސް ޤައުމެއްގައި ތައްޔާރު ނުކުރުމަކީ މިއީ ސީދާ ދިވެހިންގެ އުފެއްދުމެއް ކަމުގައި ބަލަމާ ހިނގާށެވެ. މިއާ އެންމެ ގާތްކުރާ ބާވަތަކީ މަހުގެ ސޫޕްތަކެވެ. ނަމަވެސް، ހަވާދުގެ ބައެއް ބާވަތްތަކާއި، ޕަތްޕިލާވެލި މިކެއެން ތައްޔާރު ކުރާއިރު ބޭނުން ކުރެވެއެވެ. އަދި ސޫޕްތައް އޮލަވެފައި ރަހަ ތަފާތުކުރުވުމުގެ ގޮތުން، ބޭނުންކުރާ ކައްކާ ސާމާނު ބޭނުން ކުރެއެވެ. އަދި ގަރުދިޔައާ ޚިލާފަށް، ސޫޕަކީ އެހެން އެއްޗަކާ އެކު ނުކޮށް ވެސް ބޯލެވޭ ނުވަތަ ކައިލެވޭ އެއްޗެކެވެ.

ވީމާ، ގަރުދިޔަ ދިވެހިންގެ ކެއުމުގެ ބާވަތެއްގެ ގޮތުގައި ބަލައިގަތީ ކީއްވެހެއްޔެވެ؟ ނޫނީ މިއީ ކެއުމަކަށްވީ ފަހެ ކީއްވެހެއްޔެވެ؟ ދިވެހި ތާރީޚުން މި މަޢުލޫމާތު ފެންނަން ނެތުމުން، މިކަމުގައި އަޅުގަނޑުގެ އަމިއްލަ ވިސްނުން ލިޔެލާނަމެވެ.

ގަރުދިޔަ އުފެދެން ދިމާވާ މައިގަނޑު ސަބަބަކީ މަސް ރޯފިލުވުންކަމުގައި ބުނެވިދާނެއެވެ. ދިވެހީންނަކީ، މަސް އެއީ، ކައިބޮއި ހެދުމުގެ އަސާސްކަމުގައި ބެލި، އަދި މަހާއި ގުޅުންހުރި މަސައްކަތުން ނަފާ ހޯދައި ވިޔަފާރި ކުރި ބަޔެކެވެ. މިހާރުވެސް، މި މަސައްކަތް ޒަމާނީ މަސްވެރިކަމުގެ ގޮތުގައި ކުރެވެމުން އެބަ އާދެއެވެ. ގިނަ އީޖާދުތަކާއި ހިކުމަތް އިންސާނާ ހޯދަނީ އަމިއްލަ ތަޖުރިބާއިން ކަމަށްވުމުން، ބެލެވެނީ، ފެނުގައި މަސްކެއްކީ އެދުވަސްވަރު، މަހަށް ނިކުމެ އުޅޭއިރު މަސްރޯފިލުވުމަށް ކެއުމުގެ ގޮތުން ކަމަށެވެ. އަދި ލޮނުގެ އެއްވެސް ބާވަތެއް އޮޑިމަތީގައި ލޮނު ފެނުގައި ކައްކާއިރު ބޭނުން ނުކުރާނެކަން ކަށަވަރެވެ.

ދެން އުފެދޭ ސުވާލަކީ، ސާފު ފެނުގައި މަސްކައްކަން މެދުވެރިވާ ސަބަބަކީ ކޮބައިތޯއެވެ؟ ކަނޑުމަތީގެ ރަހަތައް ރަށުގައި ވަޒަންވެރިވެގެންތިބޭ އެބައިމީހުންގެ ދަރިންނާއި އަނބީންނަށް އަދި ޢާއިލާއަށް ދެއްކުމަށް ސާފު ފެނުގައި ލޮނު އަޅައި މަސް ކައްކައި ރަހަ ދެއްކީ ކަމަށް ބަލަމާ ހިނގާށެވެ. އެއަށްފަހު، މިއީ "ރަހަ" އެއްގެ ގޮތުގައި ބެލި ފެން އެއީ އޮހިގެންދާ އެއްޗަކަށް ވާތީ "ދިޔަ" ގެ ނަމުން ނަންދެވި، ގަދައަށް ކެކިގަންނައިރު، އަރާ ބޯ ގަރުގެ ސަބަބުން "ގަރުދިޔަ" ގެ ނަން ދެވުނީ ކަމަށް ބެލެވެއެވެ.

އެންމެންވެސް ދަންނަ ހަޤީގަތަކީ، މިއަށް ވުރެން ފަސޭހަ، ނަމަވެސް، ދިވެހީން ގާޔާވާ، ސުފުރާމަތި ހެޔޮވަރު ކޮށްލެވޭނެ އެހާމެ ފަސޭހައިން ކައްކާލެވޭނެ ކާނާއެއް ނެތް ކަމެކެވެ. ފުނޑުމާއި، ކޮށުމާއި، ރަތް ކުރުމުގަ އާއި، ދެވުމާއި، މިއިން އެއްވެސް ކަމެއް މީގައި އެކުލެވިގެނެއް ނުވެއެވެ. މިއީ ކަންނެންގޮތަކަށް ކައްކާލެވޭ، ތައްޔާރުކޮށްލެވޭ، ދިވެހީންގެ މުރާލިކަމާ އެހާމެ ނުގުޅޭ ނަމަވެސް، އެންމެން އަބަދުވެސް ކާންބޭނުންވާ ކެއެމެކެވެ.

[BOTTOM CONTENT BANNER]
ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކަލޭއަކީ ދިވެހި ދަރިއެން ނޫ ދޯ․․․․․․․․․․․․․․؟ <br>

– 15 މާރިޗު 2016 0

ގަރުދިޔަ ކައްކަން ހޯދާ މަސް ބޭނުން ވެސް އުދަގޫ ކަމެއް․․․․

– 15 މާރިޗު 2016 0

ކަންނެންކަން އިނގޭ ގަރުދިޔައިން․ ހެހެހެ

– 15 މާރިޗު 2016 3

އެހެންވީމަ ފަސޭހައިން ކުރެވޭ ކޮންމެ ކަމަކީ ކަންނެތް މީހުން ކުރާކަންތައް ދޯ! މުރާލި މީހުން ކުރާނީ އުނދަގޫ ބުރަ ކަންތައް․ ވަޓް އަ ފިލޯސަފީ․ ބައިދަވޭ ދިވެހިންނަށް ވުރެ ވަކި މުރާލިބަޔަކު ހިޔެއް ނުވޭ އުޅޭނެހެނެއް․ ޚާއްޞަކޮށް އަހަރެމެންގެ ކާބަފައިން․․․․

– 16 މާރިޗު 2016 0

ތައިލެނޑު ގައިވެސް ގަރުދިޔަ ކައްކަ، ހަމއެކަިނ ދިވެހިރާއްޖެ އަކު ނޫން ގަރުދިޔަ ކައްކަނީ

– 16 މާރިޗު 2016 0

އެކަމަކު ރަހައިގެ ގޮތުން ގަރުދިޔަ ވަރެއް ހަމަ ނެތް․

– 16 މާރިޗު 2016 0