[HEADER BANNER]
[AD]

ވިއްސަން ޖެހޭ ނުވިހި ވަޒީފާ

12 މާރިޗު 2016 9

އިހަވަންދޫ ކައުންސިލް އިދާރާ / ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

ދުވަހަކީ 30 ޖުލައި 2009 ވީ އަންގާރަ ދުވަހެވެ. އިހަވަންދޫ އޮފީހުގެ މަސައްކަތްތައް އޭގެ އެންމެ ހަލުވި ދުވެލީގައި ފެނުނުކަމުގައި ނުވިނަމަވެސް، މުވައްޒަފުން އޮފީހުގައި ހަރަކާތްތެރިވާ މަންޒަރު ފެނުނެވެ. އޭގެ 6 އަހަރު ފަހުން، ފެބުރުއަރީ 25، 2016 ވީ ބުރާސްފަތި ދުވަހު ހަމަ އެ އޮފީހުގެ މަސައްކަތްތަކާއި މުވައްޒަފުން ދެކިލުމުގެ ފުރުޞަތު އަނެއްކާހެންވެސް އަޅުގަނޑަށް ލިބުނެވެ. އައު މުވައްޒަފުންނާއި އައު މަސައްކަތްތައް ނުފެނުމުން ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ؟ ހއ. އަތޮޅުގައި އާބާދީ އެންމެ ހަލުވި ކަމާއެކު އިތުރުވަމުންދާ މި ރަށުގައި، ރައްޔިތުންނަށްދޭން ޖެހޭ ޚިދުމަތާއި ސަމާލުކަން އިތުރު ނުވަނީ ތޯއެވެ؟ އަތޮޅުގެ ކުދިކުދި އެހެން ރަށު އޮފީސްތަކަށް މަޤާމުތައް ހަމަޖެހިގެންދާއިރު، ސިވިލް ސަރވިސް ކޮމިޝަނުން މަޤާމުތައް އިހަވަންދޫ ކައުންސިލަށް ހަމަޖައްސައި ނުދެނީތޯއެވެ؟  އިހަވަންދޫގައި ހުރި ސަރުކާރުގެ އެހެން އިދާރާތަކުގައި މަޤާމު އުފެދި ރަށުދަރިންނަށް ވަޒީފާ ހަމަޖެހެމުންދާއިރު، ރަށު ކައުންސިލްގައި އެއްވެސް އިދާރީ މަޤާމެއް ހަމަ ނުއުފެދެނީތޯއެވެ؟

ކަންރަނގަޅަށް ސާފުކޮށްލުމަށް ސިވިލްސަރވިސް ކޮމިޝަނަށް ގުޅުމުން އެނގުނީ ކައުންސިލުން ބޭނުންވާ އަދި އެދިލައްވާފައިވާ މަޤާމުތައް ހަމަޖައްސައިދީފައި ވާނެކަމެވެ. ދެން ކުރަންއޮތީ އެ ކައުންސިލް އިން ކުރަންޖެހޭ މަސައްކަތްތަކެވެ. އޮންނަ އުޞޫލާ އެއްގޮތަށް އިޢުލާނުކޮށްގެން ވަޒީފާއަށްމީހުން ހޮވުމެވެ. ކުރުކޮށް ބުނާނަމަ، "ގޮތް ނޭނގޭ" ސަބަބުތަކަކަށްޓަކައި މި މަސައްކަތް އެންމެ ފުރިހަމައަށް އިހަވަންދޫ ކައުންސިލުން ކުރެވިފައި ނުވެއެވެ. ރަށުގެ ވާހަކަތަކަށް ބަލާއިރު، މުނިސިޕަލް އޮފިސަރަކާއި، އިކޮނޮމިކް އޮފިސަރަކާއި، ޑިރެކްޓަރެއްގެ ވަޒީފާ ޢިއުލާނުކޮށް ކޮންމެވެސް ކަހަލަ ސަކަރާތެއް ޖެހިކަމަށް ބުނެވިދާނެއެވެ.

އިހަވަންދޫ ކައުންސިލްގައި ވަޒީފާއެއް އުފަން ނުވުމަކީ ކޮރަޕްޝަނާއި ފަސާދަ އެކައުންސިލްގައި އޮތްކަން ދޭހަވާ ކަމުގެ ހެތްކެކެވެ. ނުފޫޒާއި ބާރު ދޫކޮށްލަން ނޭދޭ ބަޔަކު އެ އޮފީހުގައި މަސައްކަތް ކުރާކަން އަންގައިދޭ ބަހާއެކެވެ. އަތަށް ފުށްކޮޅު ދީފައި މުށުން ދެމިގަންނަ ފަދަ ގުރާތަކެއް އުޅޭ ކަމުގެ މިސާލެކެވެ. ދިވެހިރައްތިޔުން އަތުން ޓެކްސް ގޮތުގައި ނަގާ ފައިސާގެ ބޮޑު ޢަދަދެއް މުސާރައިގެ ގޮތުގައި ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދެމުންދާއިރު، މިފަދަ ފައިދާ ކޮންމެ ފިކުރެއްގެ ތަޢުލީމީ ޒުވާނުންނަށް ލިބުމީ ކޮންމެހެން ބޭނުން ކަމެކެވެ. އިހަވަންދޫގެ ތަޢުލީމީ ޖީލެއް އުފެއްދުމަށް ހަރު މީހުން ބުރަމަސައްކަތްތަކެއް ޒަމާނުންސުރެން ކުރަމުން އައިސްފައިވެއެވެ. ނަމަވެސް، ހިތާމައަކީ، މަޤާމު އޮވެމެ، މަޤާމަށް އިއުލާނު ނުކުރުމުގެ ސަބަބުން، ޑިގްރީ ސެޓިފިކެޓާ އެކު ޒުވާނާ ބިކަ ހާލުގައި ޖެހުމެވެ. ޤައުމުގެ ރައީސުން ޤައުމަށް ގެންނަށް ބޭނުންނާ ހެޔޮ ބަދަލު ގެނެވޭނީ މިފަދަ ޒުވާނުން ސިޔާސީ ގޮތުންނާއި، ވަޒީފާގައި ބާރުވެރި ކުރުވެގެންނެވެ.

އަހަރެމެން މި ނޫން އެހެން ގޮތެއް ހޯދަން ޖެހެއެވެ. ސަބަބަކީ، ދާއިރާގެ ޢިއްޒަތްތެރި މެމްބަރުގެ ފޯކަސް މި ވަގުތު ހުއްޓިފައި ހުރީ _______ ވިޔަފާރި ކުރުމަށެވެ. މާލެއިން ބިންވެރިވުން ކަމުގައި ވާތީއެވެ. އަހަރެމެން މިނޫން އެހެން ގޮތެއް ހޯދަން ޖެހެއެވެ. ސަބަބަކީ، ސަރުކާރަށް ނިސްބަތްވާ ކައުންސިލަރުން އަވަދިނެތި ކުރަން ނޭނގޭ ވިޔަފާރި ތަކުގައި މަސްއޫލުވެގެން އުޅޭތީއެވެ. އަހަރެމެން މި ނޫން އެހެންގޮތެއް ހޯދަން ޖެހެއެވެ. ސަބަބަކީ، އިދިކޮޅުޕާޓީގެ ކައުންސިލަރުންގެ އަޤުލަބިއްޔަތުން ކައުންސިލްގައި ގޮތެއް ނިންމޭނެ ފުރުޞަތު ނެތީމައެވެ.

ރައްޔިތުމީހާގެ އިންޒާރު އިހަވަންދޫގެ ކައުންސިލަށް ބުނެލަމެވެ. ތިޔަ ކުޅެނީ އަހަރެމެންގެ ޙައްޤުތަކާއެވެ. މުވައްޒަފުންނަށް މުސާރަދެވެނީ، މެމްބަރާއި ކައުންސިލަރުން ކުރާ ވިޔަފާރިތަކުގެ ފައިދާއިން ނޫންކަމަށް ހަނދާންކޮށްދެމެވެ. މަޤާމުތައް އިޢުލާނުކޮށް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދޭށެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޑިރެކްޓަރުގެ ވަޒީފާއަށްވ މީހަކު ނަގަން ނުކުރިގެން އުޅެނީ ޕާޓީގެ މީހަކަށް އެ ނުލިބިދާނެތީ․

– 12 މާރިޗު 2016 0

އެތައްވަޒީފާއެއް އެބަހުރިކަމަށް އެންޑީޕީ ކައުންސިލަރަކު ބުނި. އޭނާބުނީ ޑިރެކްޓަރުގެ މަޤާމް އިއުލާންކުރަން އެދި އެތައްފަހަރެއްގެ މަތިން ކައުންސިލް ބައްދަލުވުންތަކަށް ހުށަހެޅިނަމަވެސް އެކަން ވިޔަނުދޭން ވޯޓްލާބަޔަކު ތިބޭކަމަށް. އެގޮތަށް ވޯޓްލާ ކައުންސިލަރުން ތިބެނީ މީހެއްގެ ދަށުވެފާ ކަމަށް. ވަރަށް ބޭބެ ވެފާކަމަށް. ހުރިހާ ދެރައެއް ރައްޔިތުންނަށް.

– 13 މާރިޗު 2016 0

ހަމަ ތެޅިތެޅި ތިބެންޖެހޭނި․ ބޭނުންއެއްޗެއްހަދާނި․ ފިރާޞް ތިއުޅެނީ ވަޒީފާއެއް ނުލިބިގެންނު․ ލާހިކެއްނޫން މިވެރިކަމުގެ އިހަވަންދޫން ވަޒީފާ ހޯދާކަށް․ ދެންލަލަލާ

– 13 މާރިޗު 2016 3

ފިރާޟުއަކީ މިހާރުވެސް އެތަކެއް ކޮލެޖުތަކަށް ކިޔަވާދެއްވާ ބޭފުޅެއްކަން އިނގިފައި އޮތީ․ އަދި އަމިއްލަ ވިޔަފާރިތައް ގެންގުޅުއްވާ․

– 13 މާރިޗު 2016 0

ސަތޭކާގެ ވާހަކައެއް․ ތާއީދު

– 13 މާރިޗު 2016 0

ތިޔަހެން ޖަހާލާކޮމެންޓަަކުން ހިޔެއް ނުވޭ ފިރާޟުމެންގެ އަނގަ ބަންދުވެދާނެކަމަށް․ އެއީ ހިތްވަރު ގަދަ މީހެއް

– 13 މާރިޗު 2016 0

ތިޔަ މައްސަލާގައި އިހަވަންދޫ ކައުންސިލްގެ ބަހެއް ހޯދާފައި ނުވާކަމީ ހިތާމަ ކުރާންޖެހޭ އަދި ތިޔަ ލިއުމަކީ އެއްފަރާތަށް ވަރަށް ބޮޑަށް ބުރަވެފައިވާ ލިއުމެއްކަން ފާހަގަކޮއްލަން ޖެހޭ․

– 14 މާރިޗު 2016 0

ބަލަގަ ބަހެއް ހޯދާފައި ނުވާނަމަ، އެބަސް އިއްވަވާ! <br>ބަޔާންތައް ނެރުންވާ ސަބަބު ބަޔާންކުރަމާ! ލަނޑަޔާވާނީ ހަމަ ލަނޑަޔާ! އަމައްޔާތް!

– 14 މާރިޗު 2016 0

މިސަރުކާރުގެ އަގުވައްޓާލުމުގެ ގޮތުން ވާހަކަ ނުދައްކަވާށެވެ․ މުޙައްމަދު ފިރާޟް ކަމުގައިވިޔަސް ނުވަތަ އެހެން މީހެއްކަމުގައި ވިޔަސް ޕާޓީއަށް ބަލައިގެން ވަޒީފާ ދޭނެ ކަމަށް ނުބަލާށެވެ․ އޭނާއަށްވެސް ވަޒީފާ ނުދޭންވީ އެއްވެސް ސަބަބެއް ނެތް․ އެކަމު ސުކޫލުގެ ޕުރިންސިޕަލަކަށް އުޅުނު އިރު ހިންގި ކަރަޕްޝަނުގެ ޖަރީމާވެސް އޮންނާނެ ދޯ

– 16 މާރިޗު 2016 0