އިހަވަންދޫޑޮޓްކޮމް އަކީ ޒާތީ ހަސަދަފިލުވާ ނޫހެއް ކަމަށް ކައުންސިލަރަކު ވިދާޅުވެއްޖެ

މުހައްމަދު މުންޒިރު ފޭސްބުކްގައި ޖެއްސެވި ސްޓޭޓަސްގެ ސްކްރީން ޝޮޓެއް
އިހަވަންދޫޑޮޓްކޮމް އަކީ އިހަވަންދޫގެ ވަކި ބަޔަކަށް ޒާތީ ހަސަދަތައް ފިލުވުމަށް ބޭނުން ކުރާ ނޫހެއްކަން ޔަގީންވެފައިވާ ކަމަށް އިހަވަންދޫ ކައުންސިލް މެމްބަރު ހއ. އިހަވަންދޫ / އާސިމާ މަންޒިލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މިކަން ބަޔާންކޮށް ފޭސްބުކްގައި އޭނާ ލިޔުއްވާފައިވާ ސްޓޭޓަސްގައި އިތުރަށް ބަޔާންކޮށްފައި ވަނީ އިހަވަންދޫޑޮޓްކޮމް އަކީ ވަކި ފިކުރަކަށް ގޮސް ހުސްވެފައިވާ ނޫހެއް ކަމަށާއި، "މި ޒާތުގެ ދަށު ދަރަޖައިގެ އަމުލަތައް ހުއްޓާލުމަށް" ގޮވާލާކަމަށެވެ.
މުޙައްމަދު ރަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު، އިހަވަންދޫން ގޯތި ދޫކުރުމަށް ގޮވާލައި އިހަވަންދޫޑޮޓްކޮމް އިން ވަނީ ކެމްޕެއިނެއް ފަށައިފައެވެ. އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ކައުންސިލްތަކުގެ ޕާފޯމަންސަށް ބަލައި ރޭގައި އާންމު ކުރި އިންޑެކްސްގައި އިހަވަންދޫ ކައުންސިލަށް ދަށް ދަރަޖަ ލިބިފައިވާކަން ހާމަކޮށް އިހަވަންދޫޑޮޓްކޮމް ގައި މިއަދު ޚަބަރެއް ޝާއިޢުކުރިއެވެ.
ކައުންސިލް މެމްބަރު މިފަދަ ޚިޔާލެއް ފާޅުކުރެއްވި އިރު، އިހަވަންދޫޑޮޓްކޮމް އުވާލާނެކަމުގެ އިންޒާރެއް ވެސް އިހަވަންދޫގެ މަސްއޫލުވެރިޔަކު ދާދިފަހުން ވަނީ ދީފައެވެ.
ޚިޔާލު ފައުޅުކުރުން