ނުދެވުނު ގެވަޅު
ދުނިޔޭގެ އާބާދީ 5 ބިލިއަނުން، 7 ބިލިއަނަށް މިއަދު އިތުރުވެފައިވާއިރު، އަދި 2050 ވަނަ އަހަރު 12 ބިލިއަނަށް އާބާދީ އިތުރުވާނެކަމަށް މާހިރުން ލަފާކުރާއިރު، ދުނިޔޭގެ ހުރިހާ ޤައުމެއްގައި، ރަށެއްގައި އަދި އަވަށް ގަންގަޑުގައިވެސް، ބިމުގެ ބޭނުން އެ ވަގުތެއްގެ ހާލަތާއި ގުޅޭގޮތުން ހެޔޮ ގޮތުގައި ހިފުމަށް ގިނަ ގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަން ސާފުކޮށް ފެންނާން އެބަ އޮތެވެ. މިގޮތުން، މިހުން ދިރިއުޅުމަށް ގެދޮރު ބިނާކުރުމަށާއި، ސިނާއީ މަސައްކަތްތައް ކުރުމަށާއި، އިޖްތިމާޢީ މަސައްކަތްތައް ކުރުމަށް ބިމުގެ ބޭނުން ހިފައެވެ. ދުނިޔޭގެ އާބާދީއާއި އެއްގޮތަށް އަހަރެމެން ދިރިއުޅޭ ކައުނު ހެދި ބޮޑުވާކަން ސައިންސް ގެ ހޯދުންތަކުން މިއަދު ޔަޤީން ކުރެވިއްޖެއެވެ. އެހެންކަމުން، ހެދެމުން އަންނަ އާބާދީގެ ނިޞްބަތުން އިންސާނުން ދިރިއުޅެން ބޭނުންވާ މިންވަރުގެ ބިން ލިބޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އެއީ އަހަރެމެންގެ ޢަމަލުތަށް ބަށްޓަން ކުރެވޭ ގޮތާއި ގުޅުމެއް ވާކަމެއްކަމަށް ގަބޫލު ކުރެވެއެވެ.
މިއަދުގެ ހާލަތަށް ބަލާއިރު، އިހަވަންދޫގެ ހެދެމުން އަންނަ އާބާދީގެ ތެރެއިން، ބައެއް ފަރާތްތަކަށް ދިރިއުޅެން ބިމަކަށް މިވަނީ ނުހަނު ބޭނުންވެފައެވެ. ހަމައެކަނި އެބައިމީހުންގެ މުސްކުޅި މައިންބަފައިންނަށް ބޯހިޔާވަހިކަމަކަށް ބޭނުންވާތީއެއް ނޫނެވެ. މުސްތަޤުބަލްގެ އުއްމީދުކަމުގައިވާ ދަރިންގެ ބޯހިޔާވަހިކަމާއި، ހިތްހަމަޖެހޭ ދިރިއުޅުމުކަށް އެދި އެދި ތިބޭ ހާލުވެސް މެއެވެ. އާއިލީ މައްސަލަތަކުންނާއި ދޭދޭ ރަހުމަތްތެރިންގެ ދެމެދުގައި އުފެދޭ ޒުވާބާއި ކޯޅުންތަކުންވެސް އެއްކިބާ ވުމަށް ބޭނުންވާތީއެވެ. އަމިއްލަވަންތަ ދިރިއުޅުމަކަށް ރަށްފުށުގެ ރަށްވެހީން ލޯބި ކުރާތީއެވެ. ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކުގެ ތެރެއިން އިހަވަންދޫއިން ގެވަޅު ބޭނުންވެފައިވާ ފަރާތްތަކުގެ މުހުތާދުތަކަށް ތަޞައްލީއެއް ގެންނަން މި އަދު ޖެހެއެވެ. ރަށުގެ ބިމުން އެންމެންނަށް ގެވަޅު ދޭވަރަށް ބިން ލިބެން ނެތް ކަމުގައި ވީ ނަމަވެސް، އެކަމަށް އެންމެ ބޭނުންވާފަރާތްތައް ނިޒާމެއްގެ ތެރެއިން ބެލި، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭ މުއައްސަސާ މިވަނީ މި އަދު ފެއިލްވެފައެވެ. އެއީ އިހަވަންދޫ ކައުންސިލް އިދާރާއެވެ. ޖުމުލަގޮތެއްގައި ބަލާއިރު، ރަށުބަނދަރުގައި "ޞަރަޙައްދު" ވަކިކުރާ ބޯޑު ތަކެއް ޖެހުން ފިޔަވައި އެހެން ކަމެއް ކުރެވިފައި ނެތެވެ. ގިނަވަގުތަކީ ، ނުކިއްސަރު ފެނަކައިގެ މެނޭޖަރުންނާއި ކޮފީގައި "ފެންބަޑި" ޖަހާ ވަގުތެކެވެ. އޮފީސް ހިންގަން ނޭގޭނަމަ، އެހެން މީހުންކައިރިން ދަސްކުރަން އެދެވިގެން ވެއެވެ.
ރައްޔިތުންގެ ޝަކުވާތަކަށާއި މައްސަލަތައް ޙައްލުކުރުމުގެ ބަދަލުގައި، އިހަވަންދޫ ކައުންސިލްއިން މަސައްކަތް ކުރަނީ ރައްޔިތުންންނާއި ޖަދަލުކުރުމަށެވެ. ނުދެއްކުނު އިދާރީ ލިޔެކިޔުންތަކުން ޔަޤީންވަނީ، އަހަރެމެންގެ އެންމެންގެ ހައްޤުތަކަށް ބަޔަކަށް އަރައު ގަނެވިފައިވާ ކަމެވެ. އެއީ ނުހައްޤުން ސަރުކާރެއް ޕޮރޮމޯޓު ކުރާ ޖަމާޢަތެކެވެ. ޤައުމުން ގެއްލުނު ފައިސާގެ އަވާގައި ޖެހި، ނިދި ރައްޔިތުމިހާގެ ވޯޓު ހަނދުމަ ނެތުނީތީ ދޯއެވެ! މައްސަލައެއް ނެތެވެ. ހިމަ ރޮއްޖެއްގެ ގޮތުގައި އޮވެ، ދައުރު ހަމަކޮށްލެވޭތޯ ބަލާށެވެ! ސެލްފީނެގުމާއި، މަސްބޭނުމާއި، ހޮޓާ ހިންގުމާއި، ގޮތް "ނޭނގޭ" ތެޔޮ ވިއްކުމާއި އަދި އެހެނިހެން ވިޔަފާރިތައް ކުރުކަމީ ބޮޑު މައްސަލައެއްގެ ގޮތުގުގައި ރައްޔިތުމީހާއަށް ސިފަވަނީ ދެވުނު ވޯޓުން އެދެވޭނެ ނަތީޖާއެއް ނެރެދިނުމަށް ކައުންސިލަރުން މަސްކަތްނުކުރާތީއެވެ. މަޤާމެއް ލިބުމަކީ ރައްޔިތުމީހާއަށް ކުރަންޖެހޭ ޙިދުމަތްތަކުގެ މަތިން ވަކިން ހަނދާން ނެތެންޖެހޭ ސަބަބެއް ނޫނެވެ. ރައްޔިތުންގެ ކެތްތެރިކަމާއި އަޙުލާޤު އެއީ ރަށު ކައުންސިލުން ނާޖާއިޖު ގޮތުގައި ބަލަންޖެހޭ ކަމެއް ނޫނެވެ. މި މައްސަލައިގައި ރަށު ކައުންސިލް ރައީސް އިހުމާލު މާ ބޮޑެވެ.
ފުރުނު ފޯމާއި، ކުރެހުނު ގޭގެ ތަސްވީރާއި އެކު އަދިވެސް މި ރައްޔިތުން ތިބީ ކުރިމަގަށް ކުރެވޭ އުއްމީދެއްގައެވެ. އެ އުއްމީދަކީ އަލަށް އިންތިހާބު ކުރެވޭ ކައުންސިލް އިން މި މައްސަލަ ހައްލު ކުރާނެ ކަމުގެ އުއްމީދެވެ. އެހެންކަމުން، މިހާރު ތިއްބެވި ކައުންސިލަރުން ރައްޔިތުން އިންތިހާބު ނުކުރާނެ ކަމަށް ބެލެވެއެވެ. އެއީ، އެ ރައްޔިތުންގެ އިހްޞާޞް ތަކާއި ކުޅެފައިވާތީއެވެ.
ޚިޔާލު ފައުޅުކުރުން