[HEADER BANNER]
[AD]

ގެވަޅުދިނުން ލަސްވާމައްސަލަ ދިރާސާކުރަންދިޔަ ޓީމަށް އެއްބާރުލުމެއް ނުދިން

24 ފެބުރުއަރީ 2016 2

ހއ އަތޮޅުކައުންސިލުން މިއަދު ތަކަންދޫއަށްކުރި ދަތުރުގެ ތެރެއިން ފޮޓޯ: ހއ އަތޮޅުކައުންސިލް

އިހަވަންދޫއިން ގެވަޅު ދޫކުރުން ލަސްވަމުންދާ މައްސަލަ ދިރާސާކުރުމަށް ހއ އަތޮޅުކައުންސިލްގެ ޓީމަކުން، އިހަވަންދޫ ކައުންސިލަށް ޒިޔާރަތްކޮށް ދެއްކުމަށް އެދުނު ލިޔުންތައް ދެއްކުމަށް އިހަވަންދޫ ކައުންސިލްގެ ބައެއް މުވައްޒަފުން ދެކޮޅުހަދައިފިއެވެ.

ހއ އަތޮޅުކައުންސިލްގެ ޓީމް ޒިޔާރަތްކުރި ދުވަހު ކައުންސިލް ހިންގުމާއި ހަވާލުވެހުރި ކައުންސިލަރު އަލީ ޒަމީޒާއި އެކަމާއި ބެހޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ އަތޮޅުކައުންސިލުން ޒިޔާރަތްކުރިޓީމަށް އޭނާއަށް ދެވެންއޮތް އެއްބާރުލުމެއް ދިންނަމަވެސް ބައެއް އިދާރީ މުވައްޒަފުން އަތޮޅުކައުންސިލްގެ ޓީމުން އެދުނު ލިޔެކިޔުން ދެއްކުމަށް އިންކާރުކުރިކަމަށެވެ. "އަޅުގަނޑަށް ދެވެންއޮތް އެއްބާރުލުމެއްދިނިން. އެކަމަކު އިދާރީ ބައެއް މުވައްޒަފުންނަށް ގެވަޅުދޫކުރުމާއި ގުޅުންހުރި ލިޔެކިޔުން ދެއްކުމަށް އަމުރު ކުރުމުންވެސް އެއްބާރުލުމެއްނުދިން" އަލީ ރަމީޒް ވިދާޅުވިއެވެ.

އަތޮޅުކައުންސިލްގެ ޓީމް އިހަވަންދޫއަށް ޒިޔާރަތްކުރިދުވަހު އިހަވަންދޫ ކައުންސިލާއި ހަވާލުވެހުރީ ކައުންސިލަރ އަލީ ރަމީޒްއެވެ. އަދި އިދަރީގޮތުން ޒިންމާދާރުވެރިއެއްގެ ހައިސައްޔަތުން ހުންނެވީ ސަމީރެވެ.

އަތޮޅުކައުންސިލުން އިހަވަންދޫއަށް ޒިޔާރަތްކުރި ޓީމްގައި ހިމެނޭ އަތޮޅުކައުންސިލަރ އަދި އެލްޖީއޭ ބޯޑް މެމްބަރ ހުސައިން ނަސީރުވެސް ވަދާޅުވީ، އެބޭފުޅުން ކުރެއްވި ދަތުރުގައި އިހަވަންދޫ ކައުންސިލްގައި އެވަގުތު ތިއްބެވި ކައުންސިލަރުންގެ އެއްބާރުލުން ލިބުނުނަމަވެސް އިދާރީ ބައެއްމުވައްޒަފުންގެ އެއްބާރުލުން ނުލިބުނުކަމަށެވެ. "ރަމީޒް ހަމަ އަޅުގަނޑުމެން އަތޮޅުކައުންސިލްގެ ޓީމްގެ ކުރިމަތީގަ ސަމީރުއާއި އަހުމަދާއި އެންމެން ބާތިއްބާފަ އެބޭފުޅުން ބޭނުންވާ ލިޔުންތައް ދައްކާށޭވެސް ސީދާ ވަރަށް ސާފުކޮށް ބުނި. ކައުންސިލާއި ހަވާލުވެގެންހުރި ވެރިޔާ ދައްކާށޭބުނީމަ ނުދެއްކީމަ އަދި އިތުރަށް ހައިރާންވި" ހުސައިން ނަސީރު އެކަން ހިނގައިދިޔަގޮތް އިތުރަށް ތަފްސީލް ކޮށްދެއްވިއެވެ.

އެބޭފުޅާ ވިދާޅުވީ އެބޭފުޅާ ގަބޫލުކުރާގޮތަގައި އަތޮޅުކައުންސިލުން ލިޔުން ހޯދަން ދިޔާމަ ލިޔުން ނުދެއްކުމީ އުސޫލުން ބޭރުކަމެއް ކަމުގައެވެ. އަދި އެކަން ފާހަގަކުރައްވަނީ އަހްލާގީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

މިމަހުގެ އެއްވަނަދުވަހު ބޭއްވި ހއ އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގެ 100 ވަނަ އާންމު ބައްދަލުވުމަށް، އިހަވަންދޫއިން ގެވަޅު ދޫކުރުން ލަސްވަމުންދާ މައްސަލަ ދިރާސާކޮށް، ގޯތި ބޭނުންވެފައިވާ ރައްޔިތުންނަށް އަމިއްލަވެތި ބޯހިޔާވަހިކަމެއް ލިބެންއޮތްމަގަކީ ކޮބައިތޯބެލުމަށް، އިހަވަންދޫ ދާއިރާގެ ކައުންސިލަރު އަބުދުﷲ ހުސައިން ހުށަހެޅުއްވި ހުށަހެޅުންވަނީ އެކައުންސިލްގެ އަގުލަބިއްޔަތުން ފާސްކޮށްފައެވެ.

އިހަވަންދޫން ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވީފަހުން 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އިހަވަންދޫ ރައްޔިތުންގެ ތެރެއިން ގެވަޅު ބޭނުވައިފައިވާ ފަރާތްތަކަށް ގޯތި ދިނުމަށްޓަކައި ގޯއްޗަށް އެދި ހުށަހެޅުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލިއެވެ. ނަމަވެސް މިއަދާހަމައަށްވެސް އެކި ސަބަބުތަކާއިހުރެ އެކަން ކުރެވިފައެއް ނުވެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, ހއ.އަތޮޅު ކައުންސިލް, ގެވަޅު ދޫކުރުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސުބުހާނަﷲ

– 24 ފެބުރުއަރީ 2016 0

އިހަވަންދޫ ކައުންސިލަށް، ޤަރުނުގެ ނަމޫނާ ކައުންސިލްގެ އެވޯޑު ދޭން ފެނޭ․

– 25 ފެބުރުއަރީ 2016 0