އިހަވަންދޫން ގެވަޅުދިނުން ލަސްވަނީ ކީއްވެގެންތޯބަލަނީ
އިހަވަންދޫއިން ގެވަޅު ދޫކުރުން ލަސްވަމުންދާ މައްސަލަ ދިރާސާކޮށް، ގޯތި ބޭނުންވެފައިވާ ރައްޔިތުންނަށް އަމިއްލަވެތި ބޯހިޔާވަހިކަމެއް ލިބެންއޮތްމަގަކީ ކޮބައިތޯބެލުމަށް ސަރުކާރުގެ އިސްއިދާރާތަކާއިއެކު މަޝްވަރާކުރުމަށް ހއ. އަތޮޅުކައުންސިލުން ނިންމާފިއެވެ. މިގޮތަށް އެކައުންސިލުން ނިންމާފައިވަނީ މިމަހުގެ އެއްވަނަދުވަހު ބޭއްވި އެކައުންސިލްގެ ދެވަނަ ދައުރުގެ 100 ވަނަ އާންމު ބައްދަލުވުމުގައެވެ.
އިހަވަންދޫން ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވީފަހުން 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އިހަވަންދޫ ރައްޔިތުންގެ ތެރެއިން ގެވަޅު ބޭނުވައިފައިވާ ފަރާތްތަކަށް ގޯތި ދިނުމަށްޓަކައި ގޯއްޗަށް އެދި ހުށަހެޅުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލިއެވެ. ނަމަވެސް މިއަދާހަމައަށްވެސް އެކި ސަބަބުތަކާއިހުރެ އެކަން ކުރެވިފައެއް ނުވެއެވެ.
22 ފެބްރުއަރީ 2015 ގައި ކައުންސިލަރު މުހައްމަދު ރަޝީދު، ވަރަށް އަވަހަށް ގެވަޅު ދޫކުރާނެ ކަމަށާއި، މި އަހަރުގެ (2015) ޖޫން މަހުގެ ކުރިން ގެވަޅު ދީ ނިންމާނެ ކަމަށް ބުނިނަމަވެސް އެކަމުގައި ކުރިޔަށް އެޅުނު އެއްވެސް ފިޔަވަޅެއްނެތެވެ.
ޚިޔާލު ފައުޅުކުރުން