ސިހުރު ހަދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދު ހަތަރުވަނަފަހަރަށް އިތުރުކޮށްފި

8 ފެބުރުއަރީ 2016 4

ސިހުރުހާހޫރާ ހަދާކަމުގެ ތުހުމަތުގައި އިހަވަންދޫގެ ދެގެއަކާއި ގުދަނެއް ބަލައި ފާސްކުރުމަށްފަހު އެމައްސަލާގައި ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދުގެ މުއްދަތު 4 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. އެމީހުންގެ ބަންދުގެ މުއްދަތަށް މިފަހަރު 5 ދުވަސް އިތުރުކުރީ ތިންވަނަ ފަހަރު ކޯޓުން ބަންދަށްޖެހި 5 ދުވަސް ހަމަވުމުން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް އިއްޔަ ހާޒިރު ކުރުމުންނެވެ.

ފުލުހުން ކުރިން މައުލޫމަތު ދީފައިވާ ގޮތުގައި އިހަވަންދޫގައި ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. އެމީހުން ހައްޔަރުކުރުމަށް ހިންގި އެ އޮޕަރޭޝަންގައި ފުލުހުން ވަނީ ސިހުރު ހެދުމާއި ގުޅުންހުރި ބައެއް ތަކެތިވެސް، ބަލައި ފާސްކުރި ތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

3 ޖެނުއަރީ 2013 ގައިވެސް އިހަވަންދޫންއިންވަނީ ސިހުރު ހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައެވެ. އަދި ހަމަ އެއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުވަނީ، ސިހުރު ހަދާކަމަށާއި ސިހުރު ހެދުމަށް ބޭނުންވާ އާލާތާއި ލިޔެކިޔުން ގެންގުޅޭ ކަމަށް ތުހުމަތުކޮށް އިހަވަންދޫގެ ބައެއް ގެތައް ފުލުހުން ބަލާ ފާސްކޮށްފައެވެ.

އިހަވަންދޫގައި އެންމެފަހުން ބޭއްވި ލޯކަލްކައުންސިލް އިންތިހާބުގައި، ސިޔާސީ ޕާޓީއަކުންވަނީ އިންތިހާބުގައި ކާމިޔާބުކުރުމަށް ސިހުރު ހަދާފައިވާކަމަށް އެކަމުގައި ބައިވެރިވި ބައެއް ފަރާތްތަކުން މިނޫހަށްވަނީ ކިޔައިދީފައެވެ. އަދި ރާއްޖޭގައި މިހާރު އެންމެގަދައަށް ދެކެވޭ އެއްވާހަކައަކީ ނިމިދިޔަ ރިޔާސީ އިންތީހާބުގައި ސިހުރުވެރިންގެ އެހީތެރިކަން ބޭނުންކުރި ވާހަކައެވެ.

ރާޤީ އަޖުނާދު އަލީވަނީ، ރައްޔިތުނަގެ މައްޗަށް އާންމުވާ ގޮތަށް ސިހުރުހަދާ މީހުން އެމީހުން ހަދާފައިވާ ސިހުރުތައް 7 ދުވަސްތެރޭ ރޫޅާނުލައިފިނަމަ އެ ސިހުރު ހެދިމީހުންގެ މައްޗަށް އެސިހުރު އަނބުރިގެންގޮސް ލިބިދާނެ ގެއްލުމަކަށް ހުށިޔާރުވެގެން ތިބުމަށް ގޮވާލައި އެމީހުންނަށް އިންޒާރު ދީފައެވެ.

ސިހުރު ހެދުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަﷲ އައުލަމް

– 8 ފެބުރުއަރީ 2016 0

ކުށެއްނެތް މީހުން ބަންދުގައި ނުބަހައްޓައި ދޫކޮށްލުމަށް ގޮވައިލަން․․․․․․․

– 9 ފެބުރުއަރީ 2016 0

ސިއްޙީމަރުކަޒުގަ ކުރިން އުޅުނު 2 ޑޮކަޓަރުން ( ދެމަފިރިން ) ދުރުކުރުވަން އެތަނުގައި އުޅޭ ތުބުނޅިލައިފަ ހުންނަ މީހަކު ސިހުރު ހެދިކަމަށް އެޑަކްޓަރުން މިރަށުގެ ބައެއް މީހުން ކައިރި ބުނެފަ އެބަހުރިކަމަށް ވޭ․․․ އެގެ ފާސްކުރުން ކިހިނެތް ވާނެބާ؟

– 9 ފެބުރުއަރީ 2016 0

އަދިވެސް ހދ․ކުޅުދުއްފުށީ ރައްޔިތުން ހޭއަރާކަށް ނުވޭތަ 4 ހަތަރުވަނަ ފަހަރަށް މުއްދަތުޖަހާފަ އެއޮތީ ޤާޒީގެ ކުރިމަށްޗަށް ގެންނައިރު އެތައްހެއްކަކާއެކު ގެންނަނީ ނޫހުގައި ފާހަކޮށްފައިނެތަސް އެތަށް އާއިލާތަކެއް ފިތުނަކޮށްފައި 15 ހާހުން 20 ހާހުން ރުފިޔާހިފައިގެން ގޮސްއެތިބީ އާއިލާ ކޮންމެވެސް މީހަކަށް މީނައޭސިހުރުހަދަނީ ކިޔާފަ އެހެންނޫންވަނީ ސުޓޯރީޖައްސާލީމާ ތަނެއްދޮރެއް ނޭނގޭ މާތްﷲ ޙަމްދާ ސުކުރުކުރަން މިދުނިޔޭގައިވެސް ތިކަން ތިބައިމީހުންނަށް ދެއްކެވީތީ ދެންއޮތީ ޤިޔާމަތްދުވަސް

– 9 ފެބުރުއަރީ 2016 2