ޣަނީ ކަތީބު ދެއްވި ބަސްދީގަތުމުގެ ޚާއްޞަ ބައިތައް މި ފެށޭ ހަފްތާގައި ޝާއިޢު ކުރަނީ
އިހަވަންދޫ ކަތީބު ކަން ކުރައްވައި ގިނަބައެއްގެ ތާޢީދާއި ލޯބި ހޯއްދަވައިގެން ހުންނެވި ޢަބްދުލްޣަނީ ޙުސައިން، އިހަވަންދޫޑޮޓްކޮމް އަށް ދާދިފަހުން ދެއްވި ބަސްދީގަތުގެ ޚާއްޞަ ބައިތައް މި ފެށޭ ހަފްތާގައި ޝާއިޢު ކުރުމަށް އިހަވަންދޫޑޮޓްކޮމް އިން ނިންމައިފިއެވެ.
އިހަވަންދޫ ރައްޔިތުން ޖަވާބު ބޭނުންވާނެ އެތަކެއް ސުވާލެއްގެ ޖަވާބު އިހަވަންދޫޑޮޓްކޮމް އަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ޣަނީ ކަތީބު ބަޔާންކޮށް ދެއްވި ކަމަށާއި، އިހަވަންދޫގެ ތާރީޚާއި، ކަތީބު ކަމުގެ ދައުރާއި، ކަތީބުކަން ފުރޮޅިގެން ދިޔަ ގޮތާ ބެހޭ ގޮތުން ވަރަށް ޖަޒުބާތީ ވާހަކަތަކެއް މި ބަސްތީ ގަތުމުގައި ޣަނީ ކަތީބު ޙިއްޞާ ކޮށްދެއްވި ކަމަށް އިހަވަންދޫޑޮޓްކޮމްގެ މަސްޢޫލު މެމްބަރ އިބްރާހީމް ނަޝީދު މަޢުލޫމާތު ދެއެވެ.
އިހަވަންދޫޑޮޓްކޮމް އިން އެދެނީ ކިޔުންތެރިންގެ ތަރުހީބަށެވެ.
ޚިޔާލު ފައުޅުކުރުން