މުހައްމާ ކަޕް: ފައިނަލުގައި ޞިއްހީ މަރުކަޒާ ދެކޮޅަށް ހޯރަފުށީ ކައުންސިލް

ހޯރަފުށީ ކައުންސިލް އިދާރައިގެ ވޮލީ ޓީމް.... ފޮޓޯ: އިހަވަންދޫ.ކޮމް
އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ (މުހައްމާ)ގެ އެހީތެރިކަމާއެކު އިމަގު ޖަމިއްޔާއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މުހައްމާ ކަޕް ފުރަތަމަ އިމަގު ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ފަހުޖާގަ ހޯރަފުށީ ކައުންސިލްގެ ޓީމުން ހޯދައިފިއެވެ.
އެޓީމު ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ކުޅެވުނު މުބާރާތުގެ ތިންވަނަ ސެމީގައި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމު 3 ސެޓް 1 ސެޓުން ބަލިކޮށްގެންނެވެ. މިއަދުގެ މެޗުގެ ފުތަމަ ސެޓް 25-21 ން ގެންދިޔައީ ހޯރަފުށީ ކައުންސިލްގެ ޓީމެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓް ފަސޭހަކަމާއެކު 11-25 ން ޕޮލިސް ޓީމުވަނީ ގެންގޮހެވެ. މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް 25-22 އަދި 25-17 އިން ކާމިޔާބުކުރީ ހޯރަފުށީ ކައުންސިލްގެ ޓީމެވެ. މިއަދުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ހޯރަފުށި ކައުންސިލް ޓީމުގެ ޖާޒީ ނަމްބަރ 5، ހުސައިން ސަޒީންއެވެ.
ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 6000 (ހަހާސް) ރުފިޔާ ހުށަހަޅާފައިވާ މިމުބާރާތުގެ ފައިނަލުގައި، އިހަވަންދޫ ޞިއްޙީ މަރުކަޒާއި ހޯރަފުށީ ކައުންސިލް އިދާރާގެ ޓީމު ބައްދަލުކުރާ މެޗު މާދަމާރޭ 8:00 ގައި އިހަވަންދޫ އޯޕަން ސްޓޭޖުގައި ފެށިގެން ކުރިޔަށް ދާނެއެވެ.
ޚިޔާލު ފައުޅުކުރުން