[HEADER BANNER]
[AD]

މުހައްމާ ކަޕް: ޕޮލިސް ބަލިކޮށް ޞިއްޙީ މަރުކަޒު ފައިނަލަށް

2 ޑިސެމްބަރު 2015 0

މުބާޜާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ އިހަވަންދޫ ޞިއްޙީ މަރުކަޒުގެ ޓީމް. ފޮޓޯ: އިހަވަންދޫ.ކޮމް މުޙައްމަދު ލަޔާން

އިހަވަންދޫ އޯޕަން ސްޓޭޖް ސަރަޙައްދުގައި މިހާރު ކުރިޔަށްދާ މުހައްމާ ކަޕް ފުރަތަމަ އިމަގު ވޮލީ ބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އިހަވަންދޫ ޞިއްޙީ މަރުކަޒުގެ ޓީމުން ހޯދައިފިއެވެ.

އެޓީމު ފައިނަލުން ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މައްޗަށް 3 ސެޓް 1 ސެޓުން ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ދެސެޓް 25-19 އަދި 25-22 ން ކާމިޔާބުކުރީ ޞިއްޙީމަރުކަޒުގެ ޓީމެވެ. ނަމަވެސް ތިންވަނަ ސެޓްގައި ޕޮލިސް ޓީމުން ކުޅުން ރަނގަޅުކޮށް 22-25 ވަނީ އެސެޓް ކާމިޔާބުކޮށްފައެވެ. މަރުކަޒު ޓީމުން ފައިނަލްގެ ފުރަތަމަ ޖާގަ ޔަޤީންކުރީ ރޭގެ މެޗުގެ ހަތަރުވަނަ ސެޓް 25-19 އިން ހޯދައި މެޗު ކާމިޔާބުކޮށްގެނެނެވެ. މި މިޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އިހަވަންދޫ ޞިއްޙީ މަރުކަޒުގެ ޖާޒީ ނަމްބަރ 10، ޢަބްދުﷲ ޝާހިދެވެ.

މުބާރާތުގެ ދެވަނަ ސެމީގައި އިއްޔެ ހަވީރު ހޯރަފުށި ކައިންސިލް އިދާރާގެ ޓީމުވަނީ ސީދާ ތިން ސެޓުން ޖޭއޭ މަނަފަރު ބަލިކޮށް މުބާރާތުގެ ތިންވަނަ ސެމީން ޖާގަ ހޯދައިފައެވެ. ހޯރަފުށި ކައުންސިލްގެ ޓީމުން މެޗުގެ ސެޓްތައް ގެންދިޔައީ 25-8، 25-21 އަދި 30-28 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ހޯރަފުށީ ކައުންސިލް ޓީމުގެ ޖާޒީ ނަމްބަރ 14، ޙުސައިން ނަޖީބެވެ.

މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ ސެމީގައި ހޯރަފުށި ކައުންސިލްގެ ޓީމު ބައްދަލުކުރާނީ ރޭ ކުޅެވުނު ފުރަތަމަ ސެމީން ބަލިވި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމާއެވެ. މި މެޗުން މޮޅުވާ ޓީމަށް، މާދަމަރޭ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗުގެ ދެވަނަ ޖާގަ ލިބޭނެއެވެ.

[BOTTOM CONTENT BANNER]
އިމަގު ޖަމިއްޔާ, މުހައްމާކަޕް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ