[HEADER BANNER]
[AD]

މުހައްމާކަޕް: ފުރަތަމަ ސެމީއާއި ދެވަނަ ސެމީ މިއަދު

1 ޑިސެމްބަރު 2015 0

ފެނަކަ އަދި ހޯރަފުށި ކައުންސިލް ބައްދަލުކުރި މެޗުގެ ތެރެއިން.

އިހަވަންދޫ ދާއިރާގެ ޢިތްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ (މުހައްމާ)އާ ގުޅިގެން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ން އިންތިޒާމުކޮށްގެން މިހާރު ކުޅެވެމުންދާ މުހައްމާ ކަޕް އިމަގު ވޮލީ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗުތައްނިމި ސެމީ ފައިނަލްގެ މެޗުތައް މިއަދު ފެށޭނެއެވެ.

މިއަދު ހަވީރު އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައި ކުޅޭ މުބާރާތުގެ ދެވަނަ ސެމީގައި ބައްދަލްކުރަނީ ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމުނުއިރު ތިންވަނަ އަދި ހަތަރުވަނާގައި އޮތް ހޯރަފުށީ ކައުންސިލްގެ ޓީމާއި ޖޭއޭ މަނަފަރުގެ ޓީމެވެ. ގުރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ޖޭއޭ މަނަފަރެވެ. މިއަދު ހަވީރު ކުޅެވޭ ސެމީފައިނަލްގެ މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާއިރު މޮޅުވާ ޓީމެއް މުބާރާތުގެ ތިންވަނަ ސެމީގައި ބައްދަލުކަރަންޖެހޭނީ މިރޭ ކުޅޭ ދެވަނަ ސެމީގައި މޮޅުވާ ޓީމަކާއެވެ.

މިރޭ ކުޅޭ ދެވަނަ ސެމީގައި ބައްދަކުރަނީ ކުޅުނު ހުރިހައި މެޗަކުން މޮޅުވެ ގުރޫޕް ސްޓޭޖްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަހޯދި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ގުރޫޕް ސްޓޭޖުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަހޯދި އިހަވަންދޫ ޞިއްޙީ މަރުކަޒުގެ ޓީމެވެ. ގްރޫޕް ސްޓޭޖްގައި މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ ވާދަވެރި ކުޅުމަކަށްފަހު 3 ސެޓް 2 ސެޓުން އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމް މެޗު ކާމިޔާބުކޮށްގެނެނެވެ. މިރޭގެ މެޗް ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނެއެވެ. ބަލިވާޓީމެއް މުބާރާތުގެ ތިންވަނަ ސެމީގައި މާދަމާ ހަވީރު ނިކުންނަން ޖެހޭނީ މިއަދު ހަވީރު ކުޅެވޭ މުބާރާތުގެ ދެވަނަ ސެމީން މޮޅުވާ ޓީމާ ދެކޮޅަށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ މުބާރާތުގެ ތިންވަނަ ސެމީން މޮޅުވާ ޓީމަކަށެވެ.

ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ފެނަކަ ޓީމްވަނީ މުބާރާތުން ކަޓައިފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ދެވަނަ ޓީމަށް 6000 (ހަހާސް) ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޑިސެމްބަރ 3 ވާ ބުރާސްފަތި ދުވަހުގެރޭ 8:00 ގައި މުބާރާތް ކުރިޔަށްދާ އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައެވެ.

[BOTTOM CONTENT BANNER]
މުހައްމާކަޕް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ