[HEADER BANNER]
[AD]

މުހައްމާކަޕް: ސިއްހީމަރުކަޒާއި ޕޮލިސް ފެށުން ރަނގަޅުކޮށްފި

27 ނޮވެމްބަރު 2015 0

މުހައްމާކަޕް ވޮލީބޯޅަ މުބާރާތުގެ ފުރަތަ މެޗުގައި ރޭ ބައްދަލުކުރި އިހަވަންދޫ ސިއްހީމަރުކަޒުގެ ޓީމާއި ދެވަނަ މެޗުގައި ބައްދަލުކުރި އިހަަވަންދޫ ޕޮލިސްގެ ޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރޭ 8:00 ގައި އިހަވަންދޫ އޯޕަންސްޓޭޖު ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗުގައި ހޯރަފުށީ ކައުންސިލް އިދާރާއާ ބައްދަލުކޮށް އިހަވަންދޫ ސިއްހީމަރުކަޒު ސީދާ ތިންސެޓުން މެޗު ކާމިޔާބު ކޮށްފައިވާއިރު މިމެޗުގެ ސެޓުތައް ސިއްހީމަރުކަޒުން ގެންގޮސްފައި ވަނީ 25-23 ، 25-16 އަދި 25-23 އިން ނެވެ.

ރޭކުޅެވުނު ދެވަނަ މެޗުގައި ޖޭއޭމަނަފަރުގެ ޓީމާ ވާދަކޮށް އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމުން މެޗު ކާމިޔާބު ކުރީ 3 ސެޓު 1 ސެޓުން ނެވެ. މިމެޗުގެ ފުރަތަމަ ދެސެޓު އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމު ގެންދިޔައީ 25-20،25-20 އިންނެވެ. 3 ވަނަ ސެޓު ޖޭއޭމަނަފަރު ޓީމުން 25-21 ން ގެންދިޔަނަމަވެސް، 4 ވަނަ ސެޓު އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމުން ގެންދިޔައީ 25-22 އިން ނެވެ.

މިމުބާރާތުގެ 3 ވަނަ މެޗު މިއަދު ހަވީރު އޮންނައިރު އެމެޗުގައި ބައްދަލުކުރާނީ ހޯރަފުށީ ކައުންސިލް އިދާރާގެ ޓީމާއި ފެނަކަ އެވެ.

[BOTTOM CONTENT BANNER]
މުހައްމާކަޕް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ