[HEADER BANNER]
[AD]

ސިވިކް އެޑިއުކޭޝަން ޕްރޮޖެޓްގެ ޓީޗަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމް ހިންގުން މަންދު ކޮލެޖަށް

4 ނޮވެމްބަރު 2015 0

ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އިންޓަރނޭޝަނަލް ފައުންޑޭޝަން ފޮރ އިލެކްޓޯރަލް ސިސްޓަމްސް ގުޅިގެން ހިންގާ ސިވިކް ޕާޓިސިޕޭޝަން ޕްރޮޖެކްޓުގައި ހިމެނޭ ސިވިކް އެޑިއުކޭޝަންއަށް ޓީޗަރުން އަހުލުވެރިކުމުގެ ޕްރޮގުރާމް ހިންގުމަށް މަންދު ކޮލެޖާއި ހަވާލުކޮށްފިއެވެ.

އުނގެނުމާއި އުނގަންނާދިނުމުގައި  ސިވިކްސްގެ ބައިތައް ބޭނުންކުރެވޭނެ ގޮތްތަކަށް ޓީޗަރުން އަހުލުވެރިކުރުމުގެ މަޤްޞަދުގައި ހިންގޭ މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ހުރިހާ ޓީޗަރުންނަށް އަމާޒުކޮށްގެން މަންދު ކޮލެޖުން ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގުރާމުގެ ބޭނުމަކީ، ސިވިކް އެޑިއުކޭޝަންއާއި ސިޓިޒަންޝިޕްގެ ބައިތަކަށް ޓީޗަރުން އަހުލުވެރިކުރުވުމާއި އާ މުގައްރަރުގެ ތެރެއިން ދަރިވަރުންނަށް ސިވިކްސްގެ ބައިތައް ދަސްކޮށްދިނުމުގެ ހުނަރު ޓީޗަރުންގެ އަށަގެންނެވުމެވެ. ހަމަމިއާއެކު، އައު މަންހަޖުގެ ދަށުން ރާއްޖޭގެ ސުކޫލުތަކުގައި ސިވިކް އެޑިއުކޭޝަން ޕްރޮގުރާމްތައް ތައާރަފްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ވަސީލަތްތައް ލިބޭނެގޮތްތަކާއި ބޭނުންކުރާނެގޮތްތަށް މިޕްރޮގުރާމް މެދުވެރިކޮށް ޓީޗަރުންނަށް އުނގަންނައި ދެވޭނެ އެވެ.

މަންދު ކޮލެޖާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން އެކުލަވާލި މި ޕްރޮގުރާމުގައި ސިވިކްސްގެ މަޢުލޫމާތާއި ހުނަރު ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ޓީޗަރުން ބޭނުންކުރާނެ އުސޫލްތަކާއި މުޖުތަމަޢުގެ ތަފާތު އެކި ހަރަކާތްތައް ހިންގުމުގައި އަމަލުކުރާނެ ގޮތްތަކަށް ޓީޗަރުން އަހުލުވެރިކޮށްދެވޭނެ ކަމަށް މަންދު ކޮލެޖުން ބުނެއެވެ.

 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ