[HEADER BANNER]
[AD]

ރާއްޖޭގައި ފަތުރުވެރިންނަށް އެއްވެސް ބިރުވެރިކަމެއް ނެތް : ފޮރިން މިނިސްޓްރީ

4 ނޮވެމްބަރު 2015 0

ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް، ގައުމުގެ ހާލަތު  އަމާން ކަމަށާއި، ފަތުރުވެރިންނަށް އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް ރާއްޖޭގެ ހާލަތު އޮތީ އާދައިގެ މަތިން އަމާންކޮށް ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ޓުވީޓުގައި ވަނީ ކުއްލި ހާލަތު އިޢުލާނު ކޮށްފައިވަނީ ގައުމީ ސަލާމަތާއި ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށާއި ބައެއް އާއްމުންގެ އަތުގައި ހަތިޔާރާއި ގޮވާ ޒާތުގެ ތަކެތި ހުރި ކަމަށް ފުލުހުން ޤަބޫލުކުރައްވާ ކަމަށާ އެއީ ގައުމީ ސަލާމަތާއި ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް އޮތް ނުރައްކަލެއް ކަމަށް މިނިސްޓްރީގެ ޓްވީޓުގައި ވެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ