[HEADER BANNER]
[AD]

މަންދު ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

2 ނޮވެމްބަރު 2015 0

2016 ވަނަ އަހަރު ޖެނުއަރީ މަހު މަންދު ކޮލެޖްއިން ފަށާ ކޯސަތަކަށް ވަނުމުގެ ފުރުސަތު އެކޮލެޖުން ހުޅުވާލައިފިއެވެ.

މަންދު ކޮލެޖުން ވަނީ، ރާއްޖޭގެ އެކި ރަށްރަށުގައި ތިބެގެން ވަރޗުއަލް ކެމްޕަހުގައި ކިޔެވުމުގެ ފުރުސަތާއި ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުގެ ސަނަދުތައް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިގޮތުން، ފުރުސަތު ލިބޭ ޔުނިވަރސީޓީ ތަކުގެ ތެރޭގައި ކާދިޕް މެޓްރޮލޮޕޮލިޓަން ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ކެމބުރިޖް، ޔުނިވަރސިޓީ އޮފް ލިވަރޕޫލް، ޔުނިވަރސިޓީ އޮފް ނޮތަމްބުރިއާ، އޮކްސްފޯޑް ބުރޫކްސް ޔުނިވަރސިޓީ، ބަރމިންގްހަމް ސިޓީ ޔުނިވަރސިޓީ، ޔުނިވަރސީޓީ އީސްޓް އެންގްލިއާ ފަދަ ޔުނިވަރސިޓީތައް ހިމެނެއެވެ.

މަންދުކޮލެޖުން ހާމަކޮށްފައިވާ ގޮތުގައި ޖެނުއަރީ އިންޓޭކުގެ ކޯސްތަކަށް ފޯމު ހުށައެޅުމުގެ ސުންގަޑި އަކީ 13 ޖެނުއަރީ 2016 ވަނަ ދުވަހުގެ 23:30 ގެ ކުރިންނެވެ. އަދި ފައުންޑޭޝަން، ޑިޕްލޮމާ ފެންވަރުގެ ކޯސްތަކަށް 15 ޑިސެމްބަރ 2015 ގެ ކުރިން ފޯމު ހުށަހަޅާ އަދި ފުރަތަމަ އިންސްޓޯލްމަންޓް ދައްކާ ފަރާތްތަކަށް %20 ގެ ޑިސްކައުންޓެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މަންދު ކޮލެޖުން ބުނެއެވެ.

 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ