[HEADER BANNER]
[AD]

ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ނެގުން ހުއްޓާލައިފި

1 އޮކްޓޫބަރު 2015 0

ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސިވިލް ސާވިސްގެ ހުސް މަގާމުތަކަށް މުވައްޒަފުން ހޯދުން ހުއްޓާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން އިން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް މިއަދު ހުސްކޮށްހުރި ސިވިލް ސާވިސް މަގާމުތަކަށާއި މިއަދުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ހުސްވާ ސިވިލް ސާވިސްގެ މަގާމުތަކަށް މުވައްޒަފުން ނުހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިވަޑައިގެންފައިވާ ކަމަށެވެ.

"ސަރުކާރުގެ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިއުލާން ކުރެއްވުމުގެ ކުރިން އެ އޮފީހެއް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރެއްގެ ހުއްދައާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ހޯދެވުމަށް ވެސް ރައީސް އޮފީހުން ވަނީ އެދިވަޑައިގެންފައި،" ސީއެސްސީގެ ސާކިއުލާގައި ބުނެފައިވެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ