[HEADER BANNER]
[AD]

ހައްޖުވެރިން ސުކުރީން ކުރުމަށް ފްލޫ ކްލިނިކްތަކެއް ހުޅުވައިފި

30 ސެޕްޓެމްބަރު 2015 0

ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައި ހައްޖުވެރިންނަށް ހާއްސަކޮށްގެން ފްލޫ ކްލިނިކްތަކެއް ހުޅުވައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ގާއިމްކުރި ފްލޫ ކްލިނިކްތަކުން ހައްޖުވެރިންނަށް އިއްޔެއިން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ފަރުވާ ދޭނެ ކަމަށެވެ. މިކުލިނިކުތައް ހުޅުވާފައި ހުންނާނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި ކަމަށް އެޗުޕީއޭ އިން ބުންޏެވެ.

ހއ. އަތޮޅު ހޮސްޕިޓަލް (ދިއްދޫ ހޮސްޕިޓަލް) އިން އިޢުލާނުކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލުގައި ހައްޖުން އެނބުރި ވަޑައިގަންނަވާ ބޭފުޅުން ޑޮކުޓަރަށް ދެއްކުމުގެ އިންތިޒާމު އެހޮސްޕިތަލުގެ އޯޕީޑީގައި ކޮންމެދުވަހަކު ހަވީރު 4:00 ން 6:00 އަށް ހަމަޖެހިފައިވާނެ އެވެ.

އެޗްޕީއޭއިން ބުނީ މި ކްލިނިކްތަކުން ހުން އައުމާއި، ކެއްސުން، އަދި ނޭވާލާ ނިޒާމަށް ބަލިޖެހިފައި ހުންނަ ހައްޖުވެރިންނަށް ފަރުވާ ދޭނެ ކަމަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ