[HEADER BANNER]
[AD]

އައިހެވަން: ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކުރާނެ ސަރަހައްދު ކަނޑައެޅުމުގެ ދިރާސާތަކެއް ކޮށްފި

19 ސެޕްޓެމްބަރު 2015 1

ހުވަހަންދޫ ހުޅަނގު ފަރާތު އަތިރިމަތި. ޖޯގްރަފީގޮތުން ހޯރަފުށި އޮތް ސަރަހައްދަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ފަޅު އޮތް ސަރަހައްދު. ފޮޓޯ: އިހަވަންދޫޑޮޓްކޮމް

ސަރުކާރުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ އައިހެވަން މަޝްރޫއުގައި ހިމެނޭ ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކުރާނެ ސަރަހައްދު ކަނޑައެޅުމުގެ ދިރާސާތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން އައިހެވަންގެ ފީސިބިލިޓީ ސްޓަޑީޒް ކުރިއަށްގެންދާ ބޮސްޓަން ކޮންސަލްޓިންގ ގްރޫޕުން ވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 15 އަދި 16އަށް ވައިގެ މަގުންނާއި، ކަނޑު މަގުން އެސަރަހައްދުގައި ދިރާސާތަކެއްކުރިއަށް ގެންގޮސްފައެވެ.

އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ އައިހެވަން މަޝްރުއުގެ ފީސިބިލިޓީ ސްޓަޑީޒް ހަދަނީ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް، ބީސީޖީގެ ފަރާތުންނެވެ. ބީސީޖީ އަކީ މިފަދަ ދިރާސާތައް ކުރާ ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ކުންފުންޏެވެ. 

މިދިރާސާގައި ބީސީޖީގެ ފަރާތުން ވަނީ ޓްރާންޝިޕްމަންޓް ބަނަދަރު ތަރައްގީކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުމަށް އެސަރަހައްދު ބަލާ ދިރާސާތަކެއް ކޮށްފައެވެ. އެގޮތުން އެސަރަހައްދުގައި ކަނޑުގެ އޮއިވަރާއި ވައި ހުރިގޮތާއި، ފަޅުތައް ބަލާހަދާފައިވެއެވެ.

އެފަރާތުން ދިރާސާތައް ކުރިއަށްގެންދަނީ ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ކޮމްޕޯނެންޓްތައް އިހަވަންދިއްޕޮޅުގައި އެންމެ ރަނގަޅަށް ތަރައްގީކުރެވޭނީ ކޮންގޮތަކަށްތޯ ބެލުމަށެވެ. އެ ގޮތުން، ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިން އާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްސީލީ ދިރާސާތަކެއް ކުރިއަށްގެންދެއެވެ. 

އައިހެވަން މަޝްރޫއުއަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. ޓޫރިޒަމަށް ރާއްޖެ ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރާވާފައިވާ އެންމެ ބޮޑު މަޝްރޫއު އަކީ ވެސް އައިހެވަން މަޝްރޫއުއެވެ. އެގޮތުން މިހާރުވެސް އިންވެސްޓަރުންގެ ޝައުގުވެރިކަން އެތަނަށް އޮތް އޮތުން އެއީ އެ ހުވަފެން ހަގީގަތަކަށް ވުމުގެ ކޮޅުމަތި ކަމަށް ސަރުކާރުން ދެކެއެވެ. ސަބަބަކީ އެމަޝްރޫއު ހަގީގަތަކަށް ވުމަކީ ރާއްޖެއަށް އާ އަދި ވަރަށް ބޮޑު އިންޑަސްޓްރީއެއް ހުޅުވިގެންދާނެކަމަށްވާތީއެވެ. ސަރުކާރުގެ އަމާޒަކީ ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއާޕޯޓަކާއި ޔޮޓް މެރީނާ އަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީޒްއާ އެކު އައިހެވަން ތަރައްގީ ކުރުމެވެ.

[BOTTOM CONTENT BANNER]
އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ފަތޭގެ ވާހަކަ ދަރުސް <br>http://www.haveeru.com.mv/dhivehi/story/173040

– 19 ސެޕްޓެމްބަރު 2015 0