[HEADER BANNER]
[AD]

ޢީދު ބަންދުގައި ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

16 ސެޕްޓެމްބަރު 2015 1

އީދު ބަންދާ ގުޅިގެން ކަނޑުމަގުން ދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށް، އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނެފައި ވަނީ ބަރަކާތްތެރި އަޟްހާ ޢީދުގެ ޗުއްޓީ އަކީ ގިނަ އަދަދެއްގެ މީހުން ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް އާއިލާ އާއި ރަހްމަތްތެރިން ކައިރިއަށް ގިނަ ދަތުރުތަކެއް ކުރަމުންދާ ދުވަސްވަރެއް ކަމުން، މި ޢީދުގެ އުފާ ހުރިހާ އެންމެންނަށް އެންމެ ފުރިހަމަ ގޮތުގައި ޙާސިލްކުރުމަށްޓަކައި ކަނޑުމަގުން ދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްއެންޑީއެފްއިން ވަނީ ދަތުރު ކުރަމުންދާއިރު، އެއްވެސް ކަމެއްދިމާވެއްޖެނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި، ކޯސްޓްގާޑަށް އަންގަވައި ދެއްވުމަށް އެދިފައެވެ. އަދި ފާއިތުވެ ދިޔަ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ޢީދު ބަންދާ ގުޅިގެން ކޯސްޓްގާޑުން ކަނޑުމަތީ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިހުރިތޯ ބަލާ ޗެކްކުރަމުންދާނެ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށް ނުރައްކާ

– 18 ސެޕްޓެމްބަރު 2015 0