[HEADER BANNER]
[AD]

ވެލާތަކެއް ފަޅައިގެން ތެޔޮކުނޑި ހާނަންތިބި 13 މީހަކު ހައްޔަރުކޮށްފި

25 އޮގަސްޓު 2015 0

ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާ ވެލާ ފަޅައިގެން އެއިން ތެޔޮކުނޑި ހާނަން ބަޔަކު ތިބި ތަނުން ފެނުނު ބައެއްތަކެތި-- ފޮޓޯ: ޕޮލިސްމީޑިއާ

ވެލާތަކެއް ފަޅައިގެން ތެޔޮކުނޑި ހާނަންތިބި ބަޔަކު ލ. އަތޮޅުގެ ފަޅުރަށަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 12 ދިވެހި ފިރިހެނުންނާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއްކަމަށް ފުލުހުން ބުނެއެވެ.

 

ފުލުހުން ބުނެފައިވަނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. މާމެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު 11:30 ހާއިރު ކަމަށެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ލ. އޮޅަތޮޅަ ކިޔާ ފަޅުރަށެއްގައި ވެލާ ފަޅައި އެއިން ތެޔޮކުނޑި ހާނަން ތިއްބައި ކަމަށާއި އެމީހުން ތިބި ސަރަހައްދުން 3 ވެލައެއްގެ ތޮށިގަނޑާއި ގިނަ ޢަދަދެއްގެ ވެލާ ބިހާއި ވެލާ މަސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވެލައަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނޫ، ޤާނޫނު ނަމްބަރު 4/93 ގެ 4 ވަނަ މާއްދާގެ ދަށުން ތިމާވެއްޓާބެހޭ ވުޒާރާއަށް ލިބޭ ބާރުގެ ދަށުން ޙިމާޔަތްކޮށްފައިވާ އެއްޗެކެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ